އިރާނުގައި ޖާސޫސުކުރަން އުޅުނު އިޒްރޭލުގެ މޮސާޑް އެޖެންޓަކު ދަންޖައްސާ މަރާލައިފިއެވެ.
އިރާނުގެ އިންގިލާބީ ސިފައިންނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގައި މަރާލެވުނު މިމީހާއަކީ އިޒްރޭލުގެ މޮސާޑަށް އިރާނުގެ ގިނަ މައުލޫމާތުތަކެއް ދީފައިވާމީހެއްކަމަށް އިރާނުގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ. އިޒްރޭލުގެ ބޮޑު ހަތުރެއްކަމުގައިވާ އީރާނުގެ އެންމެ އެތެރޭގެ މައުލޫމާތުތައް ހޯދުމަށް އިޒްރޭލުންދަނީ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރު މަރާލެވުނު ޖާސޫސަށްވެސް ވަނީ އިޒްރޭލުން އެތައް ހާސް ޑޮލަރެއް ދީފައެވެ.
ރާއްޖޭގައި އިޒްރޭލުގެ މޮސާޑުގެ ޖާސޫސުން އުޅެދާނެކަމަށް ބިރުވެތިވާންޖެހެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...