އަރަބިދުނިޔެ ސަޢޫދީ އަރަބިއްޔާގެ މިސްކިތްތަކުގައި ކުރީގެ މުފްތީގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރެވިއްޖެ

ސަޢޫދީ އަރަބިއްޔާގެ މިސްކިތްތަކުގައި ކުރީގެ މުފްތީގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރެވިއްޖެ

ސަޢޫދީ އަރަބިއްޔާގެ މިސްކިތްތަކުގައި ކުރީގެ މުފްތީގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރެވިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢޫދީ އަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު، ދެ ޙަރަމްގެ ޚާދިމް، ސަޢޫދީ އަރަބިއްޔާގެ ސަރުކާރުގެ އަމުރާ އެއްގޮތަށް، މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީ އަދި ސަޢޫދީ އަރަބިއްޔާގެ އެންމެހާ މިސްކިތްތަކުގައި އަޞްރު ނަމާދަށްފަހު ކުރެވިއްޖެއެވެ.

މި ނަމާދުގައި ގިނަ އަދަދެއްގެ ސަރަޙައްދީ އަމީރުންނާއި، ނައިބު އަމީރުން، ގަވަރުނަރުން، އިސް އޮފިޝަލުން، ޢިލްމުވެރިންނާއި އަދި ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މަދީނާގެ އަމީރު ޕްރިންސް ސަލްމާން ބިން ސުލްޠާން މަސްޖިދުއް ނަބަވީގައި ކުރެވުނު ނަމާދުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މައްކާގެ ނައިބު އަމީރު ޕްރިންސް ސަޢޫދު ބިން މިޝްޢަލް ޖިއްދާގެ ކިންގް ސަލްމާން މިސްކިތުގައި ކުރެވުނު ނަމާދުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލް-ޖައުފްގެ އަމީރު ޕްރިންސް ފައިޞަލް ބިން ނަވާފް ސަކާކާގެ ކިންގް އަބްދުލްއަޒީޒް މިސްކިތުގައި ނަމާދު ކުރެއްވިއިރު، އަލް-ޤަސީމްގެ އަމީރު ޕްރިންސް ފައިޞަލް ބިން މިޝްޢަލް އަދި ނައިބު އަމީރު ޕްރިންސް ފަހުދު ބިން ސަޢުދު ބުރައިދާގެ ޕްރިންސް އަބްދުލް އިލާހް މިސްކިތުގައި ނަމާދު ކުރެއްވިއެވެ.

ނަމާދުގައި ބައިވެރިވި އެންމެހާ ފަރާތްތަކުން މަރުޙޫމަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމާއި ރަޙްމަތް ލެއްވުން އެދި ދުޢާ ކުރެއްވިއެވެ. އަދި އިސްލާމީ އަދި ޢަރަބި ދުނިޔެއަށް މަރުޙޫމް ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތްތަކަށް އެކަށީގެންވާ ހެޔޮ ޖަޒާ ދެއްވުމަށާއި، ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ޓެގް

ސަޢުދީ ޢަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.