ދުނިޔެ އިސްރާއިލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ހަމަލާއެއްދީފި

އިސްރާއިލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ހަމަލާއެއްދީފި

އިސްރާއިލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ހަމަލާއެއްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާ ދީފައިވަނީ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު ޙަމާސްގެ އިސްވެރިން މަޝްވަރާކުރަމުންދަނިކޮށެވެ.

އިސްރާއީލުގެ ޑިފެންސް ފޯސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ފައިޓަރު ޖެޓު މެދުވެރިކޮށެވެ. ހަމަލާގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ޙަމާސްގެ އިސް މަޝްވަރާކާރު ޚަލީލް އަލް-ޙައްޔަ އެވެ. އޭނާއަކީ އީރާނާ ގާތް ގުޅުމެއް އޮންނަ އަދި ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް، ޙަމާސްގެ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާއިން އޭނާ ސަލާމަތްވެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ހަރުކަށި އިބާރާތުން އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށްފައެވެ. "މިއީ އެންމެހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަދި ޤަޠަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް" ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޤަޠަރުން ވަނީ އިސްރާއީލާއި ޙަމާސްއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ވިލަރެސްކުރުމުގައި އަދާކުރަމުންދިޔަ މެދުވެރިޔާގެ ދައުރު މެދުކަނޑާލާފައެވެ. އަދި އިސްރާއީލުގެ މިފަދა އަމަލުތަކަށް ޤަޠަރުން ބަލައިނުގަންނާނެކަން ވެސް ވަނީ ހާމަކޮށްފައެވެ.

ޓެގް

ޤަޠަރު އިސްރާއިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.