Dhiislam
ދިއިސްލާމް އަކީ ކޮބާ؟
ދިއިސްލާމް އޮންލައިން
ދިއިސްލާމް އޮންލައިން ނޫހަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި 03 އޭޕްރީލް 2011 ރަޖިސްޓްރީ ކޮށްފައިވައިވާ ނޫހެކެވެ. ކޮންމެ ދުވަހަކު 1 ފަހަރު އަޕްޑޭޓް ކުރަމުންދާ މި އޮންލައިން ނޫސް ރަޖިސްޓްރީ ކުރުމުގެ ކުރިންވެސް ވަނީ ވެބްސައިޓްއެއްގެ ސިފައިގައި 2 އަހަރު ވަންދެން ކުރިއަށް ގެންގޮސްފައެވެ.
ދިއިސްލާމް މަޖައްލާ
ދިއިސްލާމް މަޖައްލާއަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި 03 އޭޕްރީލް 2011 ރަޖިސްޓްރީ ކޮށްފައިވައިވާ މަޖައްލާއެކެވެ. މިމަޖައްލާ އަކީ މަހަކު 1 ފަހަރު ޕްރިންޓް ކޮށްގެން ނެރުމަށް ރަޖިސްޓްރީ ކޮށްފައިވާ މަޖައްލާއެކެވެ. މިހާތަނަށް ދިއިސްލާމް މަޖައްލާގެ 30 ޢަދަދަށްވުރެ ގިނައިން ވަނީ ޝާއިއުކޮށްފައެވެ. މިމަޖައްލާ އަކީ ޕްރިންޓްކޮށްގެން ނެރޭ މަޖައްލާއަކަށްވިޔަސް މިމަޖައްލާ އޮންލައިންކޮށް ކިޔާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ދިއިސްލާމް ގެ ބައެއް ހަރަކާތްތައް
ދިއިސްލާމް އަކީ މީޑިއާއެއް ކަމުގައިވިޔަސް ދިއިސްލާމް އިން ވަނީ އިޖްތިމާއީ އެކި ހަރަކާތްތައް ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ. އެގޮތުން މަދަހަ ޢަލަބަމް އަދި ދަރުސް ބޭއްވުމުގައި މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ޒަކާތު ފަންޑަށް ފައިސާ ހޯދުމަށް މީޑިއާ ފަރާތްތަކާއި ގުޅިގެން ބޭއްވި ޓެލެތޯން ގައި ދިއިސްލާމް އިން ވަނީ ބައިވެރިވެ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީފައެވެ. އަދި މީގެ އިތުރުން ރޭޑިއޯ އެޓޯލް މެދުވެރިކޮށް ރޭޑިއޯ ޕްރޮގްރާމް ހެދުމާއި ޓީވީއެމް އާއި ގުޅިގެން ރޯދަމަހަށް ހާއްސަކޮށް ހެދި “ބިންގާ” ޕްރޮގްރާމް ވަނީ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންގޮސްފައެވެ.
ދިއިސްލާމް އިން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތަކީ އިސްލާމިކް މިނިސްޓްރީއިން ނެރުމަށް ނިންމި މަޖައްލާ “ހިދާޔަތުގެ އަލި” ނެރުމުގެ ބޮޑު މަސްޢޫލިއްޔަތާއި ހަވާލުވުމެވެ. “ހިދާޔަތު އަލި” މަޖައްލާއަކީ މަހަކު އެއްފަހަރު އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ނެރެމުން އަންނަ މަޖައްލާއެކެވެ.
ޝުކުރު
“ދިއިސްލާމް” މިނަމުގެ ފަހަތުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތް ހިމެނެއެވެ. އެންމެ މުހިންމު ރޯލެއް އަދާކުރަނީ ދިއިސްލާމް އޮންލައިން ނޫހާއި ދިއިސްލާމް މަޖައްލާގެ ކިޔުންތެރިންނާއި ލިޔުންތެރިންނެވެ. މިހާހިސާބަށް ދިއިސްލާމް ގެނައުމުގައި އަމަލީ ގޮތުން އެތައް ބަޔެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އަދި ދިއިސްލާމް ގެ މުއައްޒަފުންނާއި ހިލޭ ސާބަހަށް ދިއިސްލާމްއަށް ލިޔުއްވާ ފަރާތްތައް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަމެވެ.
ގުޅުމަށް
އެއްވެސް ކަމަކާ ގުޅިގެން ދިއިސްލާމްއަށް ގުޅައި ވާހަކަ ދައްކަން ބޭނުންވާނަމަ ދިއިސްލާމް މަރުހަބާ ކިޔާނެ އެވެ. ތިޔަފަރާތުގެ ވާހަކަ އަޅުގަނޑުމެންނާއި އަބަދުވެސް އަޑު އަހަން ބޭނުންވެ އެވެ. ފޯނާއި އީމެއިލް އަދި ފެކްސްގެ ޒަރީއާއިން ވެސް އަޅުގަނޑުމެންނާއި ހިއްސާ ކުރެވޭނެ އެވެ.
- ދިއިސްލާމް އޮފީސް: މ.މެދުގިރި، އިރަމާމަގު، މާލެ
- ފޯނު: 9722525
- އިތުރު މައުލޫމާތު ސާފު ކުރުމަށް: [email protected]
- ޚަބަރު ފޮނުއްވުމަށް: [email protected]