ދިއިސްލާމް އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް – ހުޠުބާ

އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް – ހުޠުބާ

އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް – ހުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަނބިދަރިންނަށް ރިޒުޤު ތަނަސްވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރަމަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރިކަމެއްކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ހުޠުބާގައި އަލިއަޅުއްވާލާފައިވަނީ އަނބިދަރީންނަށް ޚަރަދުކުރުމާއި ގުޅޭ ގޮތުންނެވެ. ހުޠުބާގައި ވަނީ މި މަޢުޟޫއުއަށް ވަރަށް ތަފްސީލީ ގޮތެއްގައި ނަޞޭޙަތްތެރިވެލައްވާފައެވެ.

"އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެކެވެ." ހުކުރު ހުޠުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން އަނބިދަރިންނަށް ހޭދަކުރުމަކީ ނުހަނު ގިނަގުނަ ސަވާބާއި ދަރުމަ ލިބޭކަމެއްކަމަށާއި، މާތް ﷲ އެންގެވި ގޮތުގެ މަތިން އެކަލާނގެ މަގުގައި ހޭދަކުރުމަކުން އެއްވެސް ގެއްލުމެއް ނުވާނެކަމަށްވެސް ހުކުރު ހުޠުބާގައި ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަނބިދަރިންނަށް ހޭދަކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުކަމަކަށްވާއިރު، މިކަމަށް މުޖުތުމަޢުގައި ބައެއް ފިރިން އިހުމާލުވަމުންދާކަމަށާއި، ވަރިވުމަށްފަހުގައިވެސް ދަރިންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންނާއި ކޯޓު މެދުވެރިކޮށްވެސް ޚަރަދު ނުދީ އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ޢަމަލުތައް އިޞްލާޙުކޮށް ތަޢުބާވެ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރެއްވުމަށް ހުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

"ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޛުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެތެވެ. އެއީ ވައްކަމެއްނޫނެވެ." ހުޠުބާގައި ވިދާޅުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.