ނުރައްކާތެރި ޤައިދީން ފިލުވި ދެވަނަ މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުސް އޮފީހުން ވިދާޅުވީ ނުރައްކާތެރި ގެ ޤައިދީން ޖަލުން ފިލުމަށް އެހީތެރިވި މައްސަލާގައި ދެ ވަނަ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ޢުމުރުން 20 އަހަރުގެ ޒުވާނެކެވެ.
މި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަރުގެ އިންޒާރުދީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާފުށީ ޖަލުން ނުރައްކާތެރި ޤައިދީން ތަކެއް ފިލުވި މައްސަލައިގައި މީގެ ކުރިން ވެސް ވަނީ 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...