ރާއްޖޭގެ ޚަބަރު ސަޢޫދީ ރަސްގެފާނު ހަދިޔާ ކުރައްވާ ފުރަތަމަ މިސްކިތް ރައީސް ހުޅުވައިދެއްވައިފި

ސަޢޫދީ ރަސްގެފާނު ހަދިޔާ ކުރައްވާ ފުރަތަމަ މިސްކިތް ރައީސް ހުޅުވައިދެއްވައިފި

ސަޢޫދީ ރަސްގެފާނު ހަދިޔާ ކުރައްވާ ފުރަތަމަ މިސްކިތް ރައީސް ހުޅުވައިދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ދިވެހި ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ ދިހަ މިސްކިތުގެ ތެރެއިން ފުރަތަމަ މިސްކިތް އިއްޔެ ރ.މީދޫގައި ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބްދުލް ޤައްޔޫމު ހުޅުވައިދެއްވަވައިފިއެވެ.

އެގޮތުން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސައޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޛު ބަދުރު އަލްކުޙައިލް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރާއި ޑރ. ޒިޔާދު ބާޤިރު އަދި ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އާއި އަދިވެސް ކަމުވޮށިގެންވާ ބޭފުޅުންނާއި މީދޫގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. މި މިސްކިތަކީ ރ.މީދޫގައި އިމާރާތްކުރެވުނު ހަތަރުވަނަ މިސްކިތެވެ. މި މިސްކިތުން ސައޫދީ ސަރުކާރުން ރާއްޖެއާއި ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.