އަރަބިދުނިޔެ ހުސްނީ މުބާރަކުގެ ސަރީޢަތް ހިގާ ގޮތް މިސްރުގެ ޓީވީ ޗެނެލުތަކުން ވަގުތުން ދައްކާ ގޮތަށް ނިންމައިފި.

ހުސްނީ މުބާރަކުގެ ސަރީޢަތް ހިގާ ގޮތް މިސްރުގެ ޓީވީ ޗެނެލުތަކުން ވަގުތުން ދައްކާ ގޮތަށް ނިންމައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ މުނާ

ހުސްނީ މުބާރަކުގެ ސަރީޢަތް ހިގާ ގޮތް މިސްރުގެ ޓީވީ ޗެނެލުތަކުން ވަގުތުން ދައްކާ ގޮތަށް ނިންމައިފިއެވެ.

އޯގަސްޓު 3 ދުވަހު ބާއްވަން ހަމަޖެހިފައިވާ މިސަރީޢަތުގެ މަޖިލީސް އަޑުއެހުމަށްޓަކައި 600 މީހުން ނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައި ފައި ވެއެވެ. ހުސްނީ މުބާރަކު އާއި ގާތް ބޭފުޅަކުމީޑިއާގައި ހާމަކޮށްފައިވާގޮތުގައި މިހާރު ވެސް އޭނާ ވަނީ ހޮސްޕިޓަލުގައި އެދުމަތި ކުރެވިފަކަމަށެވެ. އަދި ސިއްޙީ ހާލުކޮޅު ހުރިގޮތުން ސަރީޢަތަށް ޙާޒިރު ނުވެވޭނަކަން ވާނީ މުބާރަކުގެ ޤާނޫނީ ވަކީލަށް ވެސް އަންގާފަކަމަށެވެ. އަދި މީގެ އިތުރުން މިސްރުގެ ކެބިނެޓުން ވަނީ  އިންޓީރިޔާ މިނިސްޓަރު މަންސޫރު އެލު އެސާވީ އަށް ސިޓީއެއް ފޮނުވާފައެވެ. އެގައި ވާގޮތުގެ މަތީން ހުސްނީ މުބާރަކު ކޯޓަށް ޙާޒިރުވާން މަޖުބޫރުއެވެ.

މިސްރުގެ ރައްޔެތުންގެ ހިތުގައި މުބާރަކުގެ މިބައްޔާމެދު ސުވާލުއުފެދެއެވެ. ސަބަބަކީ އޭނާ ވަނީ މިސްރުގެ ރިސޯޓެއް ކަމުގައި ވާ "ރެޑް ސީ" ރިސޯޓުގައި ވާ ހޮސްޕިޓަލެއްގައި އެދުމަތި ކުރެވިފަކަމަށް އޭނާގެ ވަކީލުން ބުނާ އިރު އެ ރިސޯޓުގެ ތެރެއިން އޭނާ އާއްމުންނަށް ފެންނާތީއެވެ. އޭނާއައި އެކު އޭނާގެ ދެދަރިންގެ ވެސް ކޯޓަށް ޙާޒިރު ކުރެވުމަށް ހަމަޖެހިފައި ވެއެވެ. މުބާރަކުގެ މައްސަލާގައި މަސައްކަތް ކުރާ އެކަކު ބުނީ ގޮތުގައި އޭނާ މަސައްކަތް މިކުރަނީ ޢަދުލުވެރި ގޮތެއްގައި ހުރިހާކަމެއް ގެންދެވޭތޯއެވެ. މުބާރިކުގެ މައްޗަށް އުފުލޭ ދަޢުވާއަކީ ޙިޔާނާތުގެ މައްސަލަޔާއި އަދި  މުޖާހަރާ ކުރި ކުށެއްނެތް އާއްމު ރައްޔެތުންމެރުމުގެ ދަޢުވާއެވެ. އޭނާ މިކަން ކަމަށް އެބަސްވެއްޖެ ނަމަ އެނާއަށް މަރުގެ އަދަބު ދެވޭނެކަމަށް ވެސް ބައެއް ފަރާތް ތަކުން ބުނެއެވެ.

ޓެގް

މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.