ސުވާލު:
ސިލްކް ޓައީ އެޅުމަކީ ކޮންކަހަލަކަމެއްތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފަށުވި ފޭރާމަކީ ފިރިހެނުންނަށް ހުއްދަ އެއްޗެއް ނޫނެވެ. علي بن أبي طالب رضي الله عنه ގެ އަރިހުން أبو داود ޞައްހަ ސަނަދުން ނެރުއްވާފައި ވެއެވެ. އިތުރު އެކަލޭގެފާނުން އެކަލޭގެފާނުންގެ ކަނާއަތްޕުޅުގައި ފަށުވި ފޭރާން އަދި ވާއަތްޕުޅުއި ރަން ބެހެއްޓެވުމަށްފަހުގައި ހަދިޘްކުރެއްވިއެވެ. ((إِنَّ هَذَيْنِ حَرَامٌ عَلَى ذُكُورِ أُمَّتِي )) މިދެއެއްޗަކީ ތިމަންކަލޭގެފާނުންގެ އުއްމަތުގެ ފިރިހެނުންނަށް ހަރާމްވެގެންވާ ދެއެއްޗެވެ.” އަދިވެސް މިބާބުގައި އިތުރު ހަދީޘްތައް ސަހީހް ބުޚާރީއާއި މުސްލިމްގައި އަދި ސުނަންގެ ފޮތްތަކުގައި ރިވާވެގެން ވެއެވެ.
ހަދީޘްގައި ނަހީ ކުރެއްވިފައި އެވަނީ އަސްލު، ހަގީގީ ފަށުވިއެވެ. އެއީ ސިލްކްވާރމް (silkworm) ‘ފަންޏަކުން’ ހެދޭ އެއްޗެކެވެ. އަސްލު ފަށުވީގެ ފިރިހެނުންނަށް ހުއްދަ މިންވަރަކީ ހަތަރު އިނގިލީގެ މިންވަރެވެ. އެއަށް ވުރެ އިތުރު މިންވަރެއް ފިރިހެނުންނަކަށް ހުއްދައެއް ނޫނެވެ. މިޒަމާނުގައި ގެންގުޅޭ އަމިއްލައަށް އުފައްދާފައިވާ ‘މޭން މޭޑް’ ފަށުވި އަކީ ތަފާތުއެއްޗެކެވެ. އޭގެ ހުކުމަކީ ނުވަތަ އަސްލަކީ ހަލާލެވެ. ނަމަވެސް އަންހެނުންގެ ލިބާހާއި އެއްވައްތަރުގެ ފަށުވި ލިބާސް ހުއްދައެއް ނުވާނެއެވެ.
ބާޒާރުގައި ވިއްކަން ހުންނަ %100 ޖަހާފައިވާ ފަށުވި ޓައި ނުވަތަ ފޭރާމުގެ ހަގީގަތް ބަލަން ޖެހޭނެއެވެ. ޕަސެންޓެއް ލިޔެފައި ހުރުމަކުން އޭގެ ހުކުމަށް ބަދަލެއް ނުވާނެއެވެ. ނުވަތަ އެއީ އަސްލު ފަށުވި ކަމުގައެއް ނުވާނެއެވެ. އަދި އެއީ އަސްލު އޮރިޖިނަލް ފަށުވިކަމުގައި ވާނަމަ ނުވަތަ އޭގައި ހަތަރު އިނގިލީގެ މިންވަރަށްވުރެ އިތުރު ފަށުވި ހިމެނޭކަމުގައި ވާނަމަ އެފަދަ ޓައިއެއް ބޭނުން ކުރުން ހަރާމްވެގެން ވެއެވެ. ނަމަވެސް އެއީ ‘ހޭންޑް މޭޑް’ ނުވަތަ ފަށުވިފަނި ފިޔަވައި އެހެން ގޮތަކަށް އަމިއްލަޔަށް އުފައްދާފައިވާ ފަށުވި ކަމުގައި ވާނަމަ އެއީ ހުއްދަ އެއްޗެއް ކަމުގައި އިލްމުވެރިން ފަތުވާ ދެއްވައެވެ.
والله أعلم وبالله التوفيق
ކޮމެންޓް (0)
ލޯޑް ކުރަމުން...