ދީން މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ނަމާދެއް ކޮށްލުމުގެ ފުރުޞަތު: ޝައިޚް ޝަފީޢު

މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ނަމާދެއް ކޮށްލުމުގެ ފުރުޞަތު: ޝައިޚް ޝަފީޢު

މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ނަމާދެއް ކޮށްލުމުގެ ފުރުޞަތު: ޝައިޚް ޝަފީޢު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ނަމާދެއް ކޮށްލުމުގެ ފުރުޞަތު ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ޝައިޚް ޝަފީޢު ވަނީ ނަމާދު ކުރުމުގެ މުހިންމު ކަމާއި މެދު އަލިއަޅުއްވައިލައްވައިފައެވެ.

“އެނގޭ ހެއްޔެވެ؟ މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ނަމާދު (ސަޖިދައެއް) ކޮށްލުމުގެ ފުރުޞަތެވެ. އިސްތިޣްފާރުކޮށްލުމުގެ ފުރުޞަތެވެ.” ޝައިޚް ވިދާޅުވެފައިވެއެވެ.

ޝައިޚް ވިދާޅުވީ އެވަގުތު ބޭނުންވާނީ ބަލަމުން ދިޔަ ފިލްމު ބަލައި ނިންމައިލުމުގެ ފުރުޞަތެއް ނޫން ކަމަށާއި،ކުޅެމުން އައި ކުޅިވަރު ނިންމައިލުމުގެ ފުރުޞަތެއް ނޫންކަމަށެވެ.

އަދި ބޮމުން އައި ކޮފީތަށި ބޮއެ ނިންމައިލުމުގެ ފުރުޞަތެއް ނޫން ކަމަށާއި ގޮސްގޮސް ހުރިތަނަށް ވާސިލުވުމުގެ ފުރުޞަތެއް ނޫން ކަމަށާއި ދައްކަމުން ދިޔަ ވާހަކަ ފުރިހަމަ ކޮށްލުމުގެ ފުރުޞަތެއް ނޫން ކަމަށާއި އަދި ނިދަމުން ދިޔަ ނިދި ފުރިހަމަކޮށްލުމުގެ ފުރުޞަތެއް ނޫން ކަމަށެވެ.

“އެހެންކަމުން ނަމާދަށް އިސްކަން ދޭށެވެ. މަރު އައިސް ބައްދަލުވާ ހިނދު ހުންނާނީ ތައްޔާރީއަށެވެ.” ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

ޝައިޚް ކުރައްވައިފައިވާ އެހެން ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކިތަންމެ ބިޒީ ވިޔަސް، ވަގުތު ފާއިތުވުމުގެ ކުރީން ނަމާދު ކުރުމަށެވެ.

 

ޓެގް

ޝައިޚް ޝަފީޢު ޢަބްދުﷲ ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.