ރާއްޖޭގެ ޚަބަރު ފަސް ވަޒީރެއްގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ފަސް ވަޒީރެއްގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ފަސް ވަޒީރެއްގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަސް ވުޒާރާއެއްގެ މިނިސްޓަރުގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.

އެގޮތުން ރައީސް ޔާމީން މިއަދު ވަޒީރުންގެ ނައިބުން ޢައްޔަނު ކުރައްވާފައި ވަނީ މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ އަށާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ.

އެގޮތުން މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރގެ ނައިބު ކަމުގެ މަޤާމަށް ރައީސް ޔާމީން ހަމަޖައްސަވާފައި ވަނީ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި އޯކިޑްމާގޭ އާދަމް ޛާލިފް ކަމަށާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަޤާމަށް ހަމަޖެއްސެވީ ތިލަދުންމަތި އުތުރުބުރީ ވަށަފަރު ބޮޑުގޭ ޙުސައިން ޙަނީފް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަޤާމަށް މާފަންނު މުލި އިކްރާމް ޙަސަން ހަމަޖައްސަވާފައި ވާއިރު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބު ކަމުގެ މަޤާމަށް ހަމަޖެއްސެވީ އައްޑު އަތޮޅު ހިތަދޫ މުދިންގޭ އަޠްހަރު ޙަލީމް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއީސް ޔާމން މިއަދު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމަށް ވެސް ތިލަދުންމަތި ދެކުނުބުރީ ވައިކަރަދޫ ޖޭޒްމީން ޙުސައިން ޒާމިރު ހަމަޖައްސަވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.