ދުނިޔެ އ.ދ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

އ.ދ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

އ.ދ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އ.ދ ގެ ޖެނެރަލް އެސެމްބުލީ އިން ފަލަސްތީނު ދުނިޔޭގެ ފެންވަރުގައި 'ނޮން މެމްބަރ އޮބްސާވަރ' ގެ ދަރަޖަ ދިނުމަށް ވޯޓުދީފިއެވެ.

ވޯޓުނެގިފައިވަނީ ބުރާސްފަތި ދުވަހު ނިއުޔޯކުގައެވެ. 138 ޤައުމަކުން ފަލަސްތީނާއި އެއްކޮޅާށް ވޯޓު ދީފައިވާއިރު، 41 ޤައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. ފަލަސްތީނާއި ދެކޮޅަށް ވޯޓުދިން 9 ޤައުމުގެ ތެރޭގައި އެމެރިކާއާއި އިޒުރޭލު ހިމެނެއެވެ.

ފަލަސްތީނުގެ ދަރަޖަ އ.ދ ގައި މަތިވެގެން ދިއުމަކީ ނުސީދާކޮށް އ.ދ އިން ވެސްޓުބޭންކާއި، ޖެރުސަލަމް ގެ އިރުމައްޗާއި ގައްޒާ ބަލައިގަތުމެވެ. އަދި އޭގެ ސަބަބުން ފަލަސްތީނަށް އ.ދ ގެ ބައެއް އޭޖެންސީ ތަކާއި ގުޅުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ތެރޭގައި ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓުވެސް ހިމެނެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އ.ދ ގެ ޖެނެރަލް އެސެމްބުލީގައި ވިދާޅުވެފައިވަނީ ފަލަސްތީނުން ބޭނުންވަނީ އިޒުރޭލަކީ ބަލައިނުގަނެވޭ ޤައުމަކަށް ހެދުން ނޫންކަމަށާއި، ނަމަވެސް ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެވުން ކަމުގައެވެ.

ވޯޓުގެ ނަތީޖާ އިޢުލާން ކުރުމާއިއެކު އެމެރިކާއިން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ފަލަސްތީނުގެ ރާމައްލާގައި އެއްވެ ތިބި މީހުން ތިބީ ހިމޭންވެފައެވެ. ނަމަވެސް ނަތީޖާ އިޢުލާން ކުރުމާއެކު އުފާފާޅުކުރަން ފަށިއެވެެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.