ސްރީލަންކާގައި އާންމުވެފައިވާ މަސްތުވާތަކެތީގެ މައްސަލައާއި، ހަށިވިއްކުމުގެ މައްސަލައާއި އެނޫން ޖިނާޢީ މައްސަލަތައް ހައްލުކުރުމަށް ސައުދީ ޢަރަބިޔާގައި ތަތްބީޤްކުރަމުން އަންނަ އިސްލާމީ ޝަރީޢަތުގެ ޤާނޫނުތައް ސްރީލަންކާގައި ޤާއިމްކުރުމަށް އެޤައުމުގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަންސް، އިންޖީނިއަރިންގ ސަރވިސަސް، ހައުސިންގ އެންޑް ކޮމަން އެމެނިޓީސް ވިމަލް ވީރަވަންސާ ގޮވާލައިފިއެވެ.
ސްރީލަންކާގައި ދުވަހަކަށް ފަހު ދުވަހެއް އިތުރުވަމުން އަންނަ ޖިނާޢީ ގިނަ މައްސަލަތައް ޙައްލުކުރުމަށް ް ޤާނޫނު އިސްލާޙްކޮށް އެންމެ ކުޑަމިނުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނަށް މަރުގެ ޢަދަބު ދެވެންޖެހޭނެކަމުގައި ބުދުދީނަށް ނިސްބަތްވާ މިނިސްޓަރ ވީރަވަންސާ ހާމަކުރެއްވިއެވެ.
ސްރީލަންކާގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށް މިނިސްޓަރ ވީރަވަންސާ ވިދާޅުވެފައިވަނީ ވެރިރަށް ކޮލަމްބޯގެ ގިރަންބާސްގައި ގެއެޅުމުގެ ޕްރޮޖެކްޓެއް އިފްތިތާޙްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.
މަޞްދަރު: ޝަބަކަތުލް އަލޫކާ

ކޮމެންޓް (0)
ލޯޑް ކުރަމުން...