ދިއިސްލާމް އަނބިމީހާއަށް އަނިޔާކުރި މީހަކު ޤުރުޢާނުން ބައެއް ހިތުން ދަސްކުރަން ކޯޓުން ހުކުމް ކޮށްފި.

އަނބިމީހާއަށް އަނިޔާކުރި މީހަކު ޤުރުޢާނުން ބައެއް ހިތުން ދަސްކުރަން ކޯޓުން ހުކުމް ކޮށްފި.

އަނބިމީހާއަށް އަނިޔާކުރި މީހަކު ޤުރުޢާނުން ބައެއް ހިތުން ދަސްކުރަން ކޯޓުން ހުކުމް ކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އަނބިމީހާއަށް އަނިޔާކުރި ސައުދީގެ މީހެއްގެ މަށްޗަށް، ކީރިތި ޤުރުޢާންގެ 5 ފޮތާއި 100 ހަދީޘް ހިތުން ދަސްކޮށް، އިސްލާމީ ޝަރީއަތާބެހޭގޮތުން ލިޔެފައިވާ 3 ފޮތް ކިޔުމަށް ޖިއްދާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ހުކުމް އިއްވަމުން، އަނބިމީހާގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދިނުމަށާއި، ނަމާދުތަކަށް ފަރުވާތެރިވެ ބަރާބަރަށް ފަސް ނަމާދު ކޮށް، ތައުބާވުމަސްވެސް ޤާޒީން ވަނީ އެމީހާއަށް ނަސޭހަތްތެރިވެފައެވެ. އަދި ހުކުމާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ހަމަސް ފަހުން އޭނާއަށް ޓެސްޓެއް ދޭނެކަމަށްވެސް ކޯޓުން ވަނީ ހާމަކޮށްފައެވެ.

ކޯޓުން އިތުރަށް ހާމަކުރިގޮތުގައި، އަނބިމީހާއަށް އޭނާ އަނިޔާކޮށްފައިވަނީ، އަނބިމީހާގެ ތިމާގެ މީހެއްގެ ގެޔަށް ޒިޔާރަތް ކުރުމަށް  ފިރިމީހާ ކުރިން އެއްބަސްވުމަށްފަހު، ފަހުން އެހެން އަމަލުނުކުރުމުން ދެމީހުން ދެމެދު ޖެހުނު މައްސަލައެއްގެ ތެރޭގައެވެ. މި ހަމަނުޖެހުމުގެ ތެރޭ އަނބިމީހާއަށް އަނިޔާކުރުމުން، އޭނާގެ ނޭފަތަށާއި، ކަރަށާއި، ބޮލުގެ އިތުރުނެ އަތަށާއި ފަޔަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ޖިއްދާގައި ހުންނަ ކިންގް ފަހުދު ހޮސްޕިޓަލުންވެސް ވަނީ ހާމަކޮށްފައެވެ.

ފިރިމީހާ ކިޔަން ޖެހޭ ތިން ފޮތުގެ ތެރޭ ހިމެނެނީ އަބްދުލް އަޒީޒް ބިން ބާޒް(رحمه الله) ، އަޅުކަންކުރުމުގެ އަދަބުތަކާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތަކާއި، އީމާން ކަމުގެ ރުކުންތަކާ ބެހޭ ގޮތުން ލިޔުއްވާފައިވާ ފޮތެއްގެ އިތުރުން، އިބްނުލް ޤައްޔިމް (رحمه الله) ލިޔުއްވާފައިވާ ދުޢާކުރުމާ ބެހޭފޮތެކެވެ.

ޓެގް

ދީން ޤުރުއާން އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.