ރާއްޖޭގެ ޚަބަރު މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ފަށައިފި

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ފަށައިފިއެވެ.

'ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީ" އާއި އެކު ބާއްވާ މިމުބާރާތުގައި ވަރަށް އަގުބޮޑު އިނާމުތަކެއް ހުށައަޅާފައިވާކަމަށް ހަބަރުތަކުން ބުނެއެވެ. ޤުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިމުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭން ބޭރުގެ މަޝްހޫރު ޖަޖުންނެވެ.

ރޭ އިސްލާމީ މަރުކަޒުގައި ފެށިފައިވާ މިމުބާރާތަކީ ހާއްސަކޮށް ޤާރީވެރިންނަށް ބާއްވާ މުބާރާތެއްކަމަށާއި މިމުބާރާތުގައި ބަލައިގެންނާއި ނުބަލާކިޔުމުގެ ބައިވެސް ހިމެނޭނެކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކުރެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތްގައި ރާއްޖޭގެ މަޝްހޫރު ޤާރީން ވަނީ ބައިވެރިވެފައެވެ.

ޓެގް

ޤުރުއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.