އަރަބިދުނިޔެ ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދިނުމަށް ސައުދީ ސަރުކާރުން ތާއީދުކޮށްފި

ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދިނުމަށް ސައުދީ ސަރުކާރުން ތާއީދުކޮށްފި

ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދިނުމަށް ސައުދީ ސަރުކާރުން ތާއީދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގެ އަނިޔާވެރި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރަމުން އަންނަ އިދިކޮޅުފަރާތްތަކަށް ހަތިޔާރު ދިނުމަށް ގޮވާލާ ގޮވާލުންތަކަށް ސައުދި އަރަބިޔާގެ ޚަރިޖީ ވަޒީރު އަމީރު ސައުދު އަލްފައިސަލް ތާއިދުކުރައްވައި  ވާހަކަދައްކަވައިފިއެވެ.

ސީރިއާއަށް އެހީއައިގެން އަންނަ ފަރާތްތަކަށް ހުއްދަ ދިނުމަށާއި އަދި އަސަދުގެ ސަރުކާރުން ރައްޔިތުންނާއި ދެކޮޅަށް ދެމުން އަންނަ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމަށް އަސަދަށް ޕްރެޝަރ ކުރުމަށް މިދިޔަ ހުކުރުދުވަހު ތޫނިސްގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ފައިސަލް ހާމަކުރެއްވިގޮތުގައި ސީރިއާގެ އަނިޔާވެރި ސަރުކާރާއި ދެކޮޅަށް ތެދުވެފައިވާ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދިނުމީ ވަރަށް ރަނގަޅުކަމެއްކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ރަނގަޅު ޚިޔާލެއް. އެހެނީ ސީރިއާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު އޮންނާނެ،" ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ބައްދަލުވުމުގެ ބައިވެރިން ހާމަކުރެއްވިގޮތުގައި އަސަދުގެ ޚުދުމުޚްތާރު ސަރުކާރުން ވަނީ ސުލްހައިގެ ހުރިހާ އިންތަށް ފަހަނައަޅައި، އަސަދުދަނީ ރައްޔިންގެ ލޭއޮހޮރުވައި އެތަކެއް ޤަތުލު އާންމުތަކެއް ހިންގަމުންނެވެ.

ހަމައެކަނި ހުކުރު ދުވަހުވެސް އަސަދުގެ އަސްކަރިއްޔާއިންވަނީ ރައްޔިތުންގެ ގަޔަށް ބަޑިޖަހައި 39 މީހުން މަރާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.