ވައިކަރަދޫގައި މިއަހަރުގެ އަޟްޙާ ޢީދުގެ ޢީދު ނަމާދު ސުކޫލް ކުރިމަތީ އޮތް ހުސްބިމުގައި ކުރާގޮތަށް ހަމަޖެހިއްޖެއެވެ. މިގޮތަށް ނިންމީ މިރޭ ވައިކަރަދޫ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމަކުންކަމަށް މަޢުލޫމާތު ލިބެއެވެ.
ޢީދު ނަމާދު ކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވާ ފަރާތަކުން ދިއިސްލާމަށް މަޢުލޫމާތު ދެއްވިގޮތުގައި ނަމާދުކުރާނެ ތަން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި އެކި އެކި ފަރާތްތަކުން ދެއްވަމުންދާ ކަމަށާއި މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ ޒުވާނުން ކަމަށެވެ.
މިއީ ހާމަ ބިމެއްގައި މިރަށުގައި ޢީދު ނަމާދު ކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ޢީދު ނަމާދު އިމާމްވެ ކުރައްވާނީ ހދ. ވައިކަރަދޫ ފަންރިޔާ ،އަލްފާޟިލް މުޙައްމަދު ޒާހިރެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...