ރާއްޖޭގެ ޚަބަރު ފާއިތުވީ ތިން އަހަރު ޤައުމުގެ ދަރަނި ވަނީ ހުރިހައި ގޮތަކުން ތިން ގުނައަށް އިތުރުވެފައި- އިކޮނޮމިކް މިނިސްޓަރ

ފާއިތުވީ ތިން އަހަރު ޤައުމުގެ ދަރަނި ވަނީ ހުރިހައި ގޮތަކުން ތިން ގުނައަށް އިތުރުވެފައި- އިކޮނޮމިކް މިނިސްޓަރ

ފާއިތުވީ ތިން އަހަރު ޤައުމުގެ ދަރަނި ވަނީ ހުރިހައި ގޮތަކުން ތިން ގުނައަށް އިތުރުވެފައި- އިކޮނޮމިކް މިނިސްޓަރ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފާއިތުވީ ތިން އަހަރު ޤައުމުގެ ދަރަނި ވަނީ ހުރިހައި ގޮތަކުން ތިން ގުނައަށް އިތުރުވެފައިކަމަށް ހިސާބުތަކުން ދައްކާކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަޙްމަދު މުޙައްމަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުވިއިރު ޤައުމުގެ ބޭރުގެ ދަރަންޏަކީ 4.3 ބިލިއަން ރުފިޔާ ކަމަށާއި، އަދި 2011 ވަނަ އަހަރު ނިމުނު އިރު މިދަރަނި ތިން ގުނައަށް އިތުރުވެ ބޭރުގެ ދަރަނި 12.8 ބިލިއަނަށް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކާކަމަށެވެ.

އަދި ނަޝީދުގެ ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އެތެރޭގެ ދަރަންޏަކީ 9.8 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް 6 ފެބްރުއަރީ 2012 ގައި ރާއްޖޭގެ އެތެރޭގެ ދަރަނި ވަނީ 23.2 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

މިނިސްޓަރ އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވިގޮތުގައި މިފާއިތުވެދިޔަ ރާއްޖޭގެ މާލީ ޙާލަތު ދަށަށް ގޮސްފައި މިވަނީ ރާއްޖޭގެ މުޅި ތާރީޚުގައިވެސް ދުވަހަކުވެސް އަދި ދަށަށް ގޮސްފައި ނުވާ މިންވަރަކަށެވެ. އަދި މިއީ ރާއްޖެއަށް ކޮނޑުއަޅައި އުފުލައިލެވޭވަރުގެ އަދަދެއް ނޫންކަމަށާއި އަދި އިތުރުވެގެންވާނެ ނިޞްބަތެއްވެސް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތު މިހިސާބަށް ދަށަށް މިދިއައީ އެއްވެސް އިންތިޒާމެއް ނެތި ސަރުކާރުން ޚަރަދުކުރަމުން ގެންދިއުމުން. އަދި އިސްރާފު ބޮޑު ވުމާއި ޕާޓީގެ އެކްޓިވިސްޓުންނަށް ވަޒީފާތައް ދިނުމަށް ކުންފުނިތައް އުފެއްދުމާއި ޤައުމަށް ބޭނުންވާ މިންވަރަށްވުރެ މާގިނަ ސިޔާސީ މަޤާމުތައް އުފައްދައި ބޮޑެތި މުސާރަތައް ދިނުމުން،" އިކޮނޮމިކް މިނިސްޓަރ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ނަޝީދުގެ ސަރުކާރުން މާލިއްޔާގެ ހިސާބުތައް ބަލަހައްޓާފައި ނެތުމުން އެސަރުކާރުން ވަނީ ގާތަޅާ އުޞޫލުން ރާއްޖޭގެ އިޤްޠިޞާދު ތަޅައި ހަފުސްކޮށްފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ރާއްޖޭގެ މާލީ ޙާލަތު މިހާރު މިއޮތް ނާޒުކު ހާލަތުން ޤައުމު ސަލާމަތްކުރުމަށްތަކައި ދައުލަތުގެ ޚަރަދުތައް ވަރަށް ވިސްނުންތެރިކަމާއެކު އަލުން އެކުލަވާލަންޖެހޭ ކަމަށާއި ބަޖެޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ރާއްޖެ މިހާރު ވެށްޓިފައިވާ އިޤްޠިޞާދީ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެޅުއްވުމުގައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ހުރިހައި ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.