އަރަބިދުނިޔެ ރަޝިއާއިން ހަތިޔާރު ބަރުކޮށްފައިވާ ބޯޓެއް ސީރިއާއަށް ދަތުރުކުރަމުންދާކަމަށް ޚަބަރު ފެތުރިއްޖެ

ރަޝިއާއިން ހަތިޔާރު ބަރުކޮށްފައިވާ ބޯޓެއް ސީރިއާއަށް ދަތުރުކުރަމުންދާކަމަށް ޚަބަރު ފެތުރިއްޖެ

ރަޝިއާއިން ހަތިޔާރު ބަރުކޮށްފައިވާ ބޯޓެއް ސީރިއާއަށް ދަތުރުކުރަމުންދާކަމަށް ޚަބަރު ފެތުރިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަޝިއާ ސަރުކާރުގެ ބެލުމުގެ ދަށުން ބަރުކޮށްފައިވާ 60 ޓަނުގެ ހަތިޔާރާ އެކު ސީރިއާ އަށް ދިއުމަށް އެގައުމުގެ ބޯޓެއް ފުރައިފި ކަމުގެ ރިޕޯޓް ފެތުރިއްޖެއެވެ. މިޚަބަރު ފެތުރިފައިވާއިރު ރަޝިއާ އިން ވަނީ ސީރިއާގެ މައްސަލަގަނޑުގެ ތެރެއަށް ހުޅަނގުގެ ޤައުމުތަކުން ނުވަނުމަށް ގޮވާލާ އިންޒާރު ވެސް ދީފައެވެ.

މިބޯޓް އެންމެފަހުން މަޑުކޮށްފައިވަނީ ސައިޕްރަސްގެ ބަނދަރުގައި ކަމަށް ޚަބަރުތައް ބުނެއެވެ. ނުރައްކާތެރި ކާގޯއެއް ގެ ގޮތުގައި މިހާރު ލޭބަލްކޮށްފައިވާ މި ބޯޓް ސައިޕްރަސް އިން ފުރުވާލާފައި ވަނީ ސީރިއާ އަށް ނުދާނެ ކަމުގެ ގެރެންޓީދީ އެމީހުންގެ މިސްރާބު ބަދަލުކުރުމުންނެވެ. މި ބޯޓްގެ މައްސަލާގައި އެމެރިކާ ސަރުކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ރަޝިއާ އަށް ފިއްތުން އިތުރުކުރަމުންނެވެ.

ހުޅަނގުން ސީރިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮންނަތާ އަހަރު ދުވަސްވީ ނަމަވެސް ރަޝިއާ އަކީ ސީރިއާ ސަރުކާރުގެ މުހިންމު ބައިވެރިޔެކެވެ. އަދި ހަތިޔާރު ވިއްކުމުގެ ވިޔަފާރީގައި ސީރިއާ އަކީ ރަޝިއާގެ މުހިންމު މަންޒިލެކެވެ.

އެމެރިކާއިން ބުނެފައިވަނީ ރަޝިއާ އިން ފުރައިގެން ދަތުރުކުރަމުންދާ ބޯޓްގައި ހުރި އެއްޗެއްގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި ރަޝިއާ އިން ހަތިޔާރު ގަތުމުގެ ހުރިހާ ހައްގެއް ވެސް ސީރިއާ އަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އެމީހުން ކަންބޮޑުވަނީ އާންމުންނާ ދެކޮޅަށް ބޭނުން ކުރުމަށް ސީރިއާ އިން ހަތިޔާރު އެއްކުރަމުންދާތީ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.