ރާއްޖޭގެ ޚަބަރު ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިފަހަރު ހުޅުމާލޭގައި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިފަހަރު ހުޅުމާލޭގައި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިފަހަރު ހުޅުމާލޭގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މިފަހަރު ބާއްވާގޮތަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައެވެ.

ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ.

ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ނިރޮޅު މަގާއި އަސުރުމާހިނގުމުގެ ކަންމަތިންނެވެ. ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނިރޮޅުމަގުން، ހަނދުވަރީ ހިނގުމުން، ހިތިގަސް މަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނު މަގަށެވެ. އަދި ޝަރަފުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައ ވަނީ ފިތުރޯނުމަގު، އެމްޕީއެލް ސަރަހައްދާ ހަމައަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި މުޅިއެކު ތިން ތަނެއްގައި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ހުއްޓޭނީ ނިރޮޅު މަގާއި ހުވަނދުމާހިނގުމުގެ ކަންމަތީގައެވެ. ދެވަނައަށް ހުއްޓޭނީ އުނިމާހިނގުމާއި ހިތިގަސްމަގު ގުޅޭ ހިސާބުގައެވެ. އަދި ތިންވަނައަށް ހުއްޓޭނީ ފިތުރޯނުމަގުގައި ފެރީ ޓާރމިނަލް ކައިރީގައެވެ.

މިއީ ހުޅުމާލޭގައި ސިފައިންގެ ޝަރަފުގެ ހިނގާލުން ބޭއްވޭ ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.