ރާއްޖޭގެ ޚަބަރު މުސްޙަފުލް މާލްދީފްްގެ ނަމުގައި ކޮންމެ ދިވެއްސަކަށް މުސްޙަފެއް ލިބޭ މަޝްރޫޢު އިފްތިތާޙު ކޮށްފި

މުސްޙަފުލް މާލްދީފްްގެ ނަމުގައި ކޮންމެ ދިވެއްސަކަށް މުސްޙަފެއް ލިބޭ މަޝްރޫޢު އިފްތިތާޙު ކޮށްފި

މުސްޙަފުލް މާލްދީފްްގެ ނަމުގައި ކޮންމެ ދިވެއްސަކަށް މުސްޙަފެއް ލިބޭ މަޝްރޫޢު އިފްތިތާޙު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެ ދިވެއްސަކަށް މުސްޙަފެއްގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ދިވެހިންނަށް ޚާއްޞަ މުސްޙަފެއް ތައްޔާރު ކުރުމުގެ މަޝްރޫޢެއް އިފްތިތާޙު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "€œމުސްހަފުލް މާލްދީފް"€ ގެ ނަމުގައި މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވީ ބަހުރެއިންގެ ޖަމިއްޔަތުއް ޝަރީފު ޖަމިއްޔާ އާއި ބަޙުރެއިނުގެ ޤުރުއާން ކެއަރ ސޮސައިޓީގެ ރައީސް ޑރ. އާދިލް ހަސަން ޔޫސުފު ހައްމާދާއި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ބަޙުރެއިނުގެ ޤުރުއާން ކެއަރސޮސައިޓީގެ ވަރަށް ބޮޑު އެހީތެރި ކަމެއް މި މަޝްރޫޢަށް ލިބިފައިވާ ކަމަށާއި، މުސްޙަފުގައި ބޭނުންކުރާ ލިޔުންތައް ވެސް އެ ޖަމިއްޔާއިން ފޯރުކޮށްދެނީ މުޅިން ހިލޭ ކަމަށެވެ.

އަދި އެ ޖަމިއްޔާގެ އެހީތެރި ކަމާއި އެކު މުސްޙަފެއް ޗާޕްކުރުމަށް ޚަރަދުވަނީ އެންމެ 50 ރުފިޔާ ކަމަށާއި، މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ހިންގާ މަޝްރޫޢެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް ދިވެހިންނަށް ޚާއްޞަ ކޮށްގެން ފުރަތަމަ ފަހަރަށް ނެރެވޭ މުސްޙަފު ޗާޕްކުރުމުގައި އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް ވެސް މިކަމުގައި އެހީތެރި ވެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވައި ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހިންގުމަށް ނިންމި މި މަޝްރޫޢަށް އެހީތެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލެއްވީ ކީރިތި ޤުރުއާން ޗާޕްކުރުމަށް ޚަރަދު ކުރުމަކީ އޭގެ އަޖުރު ބޮޑު ކަމަކަށްވާތީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް ކަމަށެވެ.'

މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް މުޅިން ހިލޭ ދިވެހިންނަށް ޚާއްޞަ މުސްޙަފެއް ހަދިޔާ ކުރައްވާނެ ކަމަށާއި، އަންނަ މިނިވަން ދުވަހުގެ ކުރިން މި މުސްޙަފުތައް ރާއްޖެ ގެނެސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަހްރެއިންގެ ޤުރްއާން ކެއަރ ސޮސައިޓީގެ ރައީސް ޑރ. އާދިލް ވިދާޅުވީ މި މަޝްރޫޢުގައި އެހީތެރިކަން ދިނުމަށް އެ ޖަމިއްޔާއިން ނިންމީ ގިނަ ބަޔަކަށް މުސްހަފު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަވާބު ލިބޭނެ ކަމަކަށް ވާތީއާއި ކީރިތި ޤުރުއާނަކީ މުޅި ދުނިޔެ އެ ފޮތަކަށް ބޭނުން ޖެހިފައިވާ ފޮތަކަށް ވާތީ ކަމަށެވެ.

ރާއްޖޭގެ މުސްހަފުގެ ބޭރު ގަނޑުގައި ހުންނަނީ މާލޭ ހުކުރު މިސްކިތުގެ ފާރުގައިއާއި މިސްކިތް ފަރުމާކޮށްފައިވާ ލަކުޑީގައި ހުރި ޑިޒައިންތައް ކުރަހައިގެން ތައްޔާރުކޮށްފައިވާ ޑިޒައިނެކެވެ. އަދި މި ޑިޒައިން ދުނިޔޭގެ އެއްވެސް ގައުމެއްގެ މުސްހަފެއްގެ ބޭރު ގަނޑުގައި ނުހުންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.