އަރަބިދުނިޔެ ނިއުކްލިއަރ ސައިންސްވެރިން މެރުމަކުން އެމަސައްކަތް ހުއްޓާނުލާނެ : އީރާން

ނިއުކްލިއަރ ސައިންސްވެރިން މެރުމަކުން އެމަސައްކަތް ހުއްޓާނުލާނެ : އީރާން

ނިއުކްލިއަރ ސައިންސްވެރިން މެރުމަކުން އެމަސައްކަތް ހުއްޓާނުލާނެ : އީރާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބައެއްގެ ރޭވުމުގެ ދަށުން އީރާނުގެ ނިއުކްލިއަރ ސައިންސްވެރިން މެރިޔަސް އެގައުމުގެ ނިއުކްލިއަރ މަޝްރޫއަށް އެއްވެސް ކަހަލަ ހުއްޓުމެއް ނުގެނެވޭނެ ކަމަށާއި އެމަސައްކަތުގައި އެއްވެސް ވަރެއްގެ ލުޔެއް ނުދޭނެކަމުގައި އީރާނުގެ ނާއިބު ރައީސް މުހައްމަދު ރިޒާ ރަހީމީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ދިން ބޮމުގެ ހަމަލާއެއްގައި އެގައުމުގެ ނިއުކްލިއަރ އިތުރު ސައިންސްވެރިޔަކު ބަޔަކު މަރާލާފައި ވަނިކޮށެވެ. އޭނާ އަކީ އީރާނުގެ ނަތާންޒް ނިއުކްލިއަރ ޕްލާންޓްގެ ޑެޕިއުޓީ ޑިރެކްޓަރެވެ.

އޭނާއަށް އަމާޒުކޮށް ދިން ހަމަލާ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް އީރާނުން މިފަހަރު ވެސް ތުހުމަތުގެ އިނގިލި ދިއްކުރީ އެމެރިކާ އާއި އިސްރާއީލަށެވެ. އެމެރިކާ އިން މި ތުހުމަތާ ދެކޮޅުހަދާފައިވާއިރު އިސްރާއީލުން ބުނެފައިވަނީ އެމީހުންގެ ބައިވެރިވުމެއް ވެސް ނެތް ކަމަށެވެ. އިސްރާއީލުން ބުނެފައިވަނީ އީރާންގެ ސައިންސްވެރިޔަކު މަރުވިޔަސް އެޤައުމަށް މައްސަލައެއް ނެތް ކަމަށާއި މިކަމުގައި ހަމްދަރުދީ ވާކަމަށެވެ.

އީރާނުގެ ނިއުކްލިއަރ އިސް ސައިންސްވެރިޔަކު މިފަހަރު މަރާލާފައި މިވަނީ ނިއުކްލިއަރ މައްސަލާގައި އީރާނާއި ހުޅަނގުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ ފާއިތުވި ދެ އަހަރު ތެރޭގައި ދިން މިފަދަ ހަމަލާތަކުގައި މަރާލި އީރާނުގެ ހަތަރު ވަނަ ނިއުކްލިއަރ ސައިންސްވެރިޔާއެވެ.

އީރާނުން ހާމަކުރާ ގޮތުގައި އެގައުމުގެ ނިއުކްލިއަރ ސައިންސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކާ އެކު އަޒުމް ކުރިއަށް ވުރެ ވަރުގަދަވެފައިވާ ކަމަށާއި މަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރުމުގެ ރޫހު ގަދަވެފައިވާ ކަމަށެވެ.

ހުޅަނގުން ތުހުމަތުކުރަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން އުޅޭ ކަމަށެވެ. ނަމަވެސް އީރާނުން އެކަން ތަކުރާރުކޮށް ދޮގު ކުރަމުން ބުނެފައިވަނީ މިމަޝްރޫއަކީ ހަކަތަ އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.