އިރާގުގެ ވެރިރަށް ބަޣުދާދުގައި ކުރިއަށްދިޔަ ސިލްސިލާ ބޮމުގެ ހަމަލާތަކެއްގައި އިއްޔެ 72 މީހުން މަރުވެއްޖެއެވެ.
އިރާގު ފުލުހުންނާ ހަވާލާދީ އަލްޖަޒީރާ ޚަބަރު ދީފައިވާ ގޮތުގައި ބަޣުދާދުގެ އެކި ކަންކޮޅުތަކުގައި އިއްޔެ ދިން ބޮމުގެ ނުވަ ހަމަލާގައި މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވިއެވެ.
އިރާގުގެ އޮފިޝަލުން ބުނާ ގޮތުގައި ހެނދުނު މީހުން މަސައްކަތަށް ދިޔަ ވަގުތު ދިން ހަމަލާތައް ދީފައި ވަނީ ބަޣުދާދުގެ މެދުތެރޭ ޑިސްޓްރިކްތައް ކަމަށްވާ ބާބުލް މުއާތަމްއާއި ކަރާދާގައެވެ. އަދި ބަޣުދާދުގެ އުތުރުގައިވާ އާދަމިއްޔާ އާއި ޝުއާލާއާއި ޝާބުގައެވެ. އަދި ހުޅަނގުގައިވާ ޣަޒާލިއާ އާއި ދެކުނުގައިވާ އަލް އާމިލު އާއި ދޫރާގައި ވެސް ބޮންގޮއްވިއެވެ.
ކާރުބޮމުގެ ހަމަލާތައް ދީފައި މިވަނީ އިރާގުގެ ނައިބު ރައީސް ތޯރިގު އަލް ހާޝިމީ ހައްޔަރުކުރުމުގެ އަމުރު ސަރުކާރުން ނެރުމާ ގުޅިގެން ސުންނީންނާއި ޝިޔައީންގެ މެދުގައި ހަމަނުޖެހުންތައް ފެށުމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.
މުރާސިލުން ވިދާޅުވާ ގޮތުގައި މިމައްސަލައިގެ ސަބަބުން ޢިރާޤުގެ ސުންނީންނާއި ޝިޔައީންގެ މެދުގައި މީގެކުރިން ބަދަލުނުކުރެވޭހާ ވަރުގަދަ ހަމަލާތަކެއް ބަދަލުވެގެން ދިއުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...