
އަދާލަތު ޕާޓީގެ އިސް ވެރިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް
"މުޒާހަރާ ކުރިއަށް ދާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި." ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވީ، "މުޒާހަރާ ކުރިއަށް ދާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި. އިލްމުވެރިންގެ ވެސް އިރުޝާދާ އެކީގައި، އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް މުޒާހަރާގެ ތެރެއިން ހިނގައިގެން ނުދާނެ،" ކަމަށާއި "އެކަމާ ބިރުން ސަރުކާރުން ކުރާ ކަންތައްތަކުގެ ނަތީޖާ އަކީ ދުވަހުން ދުވަހަށް ރައްޔިތުން ސަރުކާރާ އިދިކޮޅުވުން. އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން ވެސް އިސްލާހަށް ލޯބިކުރާ ބަޔަކު ސަރުކާރު ބަލިކުރުމަށް ދަނީ މަސައްކަތްކުރަމުން،"ކަމަށެވެ.
23 ޑިސެމްބަރުގައި ބާއްވާ ބޮޑު މުޒާހަރާއާއި ގުޅިގެން ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެމްޑީޕީއިން ވަނީ މުޒާހަރާއާއި ދެކޮޅަށް ފިސާރި ކެރިގެން ނުކުންނާނެކަމަށް ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...