"ދިމާވެގެންއުޅޭ މައްސަލައަކީ ދީން ގަބޫލު ނުކުރާ ބައެއްގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތް ކުރަންޖެހުން" ކަމުގައި ފަރެސްމާތޮޑާ މެމްބަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މުއްތޮލިބު ވިދާޅުވީ، "މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ގަނޫނުއަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ކަމަށް އޮތް ނަމަވެސް ދީން ދޫކޮށްލައިގެން އުޅޭ ބަޔަކު ނުވަތަ ސަރުކާރު ތެރޭގައި ހިމެނޭ ބައެއްގެ އެއްބަނޑު އެއްބަފާ މީހުންނާއި ގާތްމީހުން ދީން ގަބޫލު ނުކުރާ މީހުންގެ ގޮތުގައި ނުކުމެ އެމީހުންގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތް ކުރަންޖެހުން. ކާފަރުން ރާއްޖޭގެ ރައްޔިތުންނަށް ވުމަކަށް ރައްޔިތުންނެއް ނޭދޭ." ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕާލަމެންޓްރީ ޔޫނިއަން އޮފް ދި އޯއައިސީ މެންބަރު ސްޓޭޓް (ޕީޔޫއައިސީ) ގައި ބައިވެރި ވުމާމެދު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ލަފާފުޅަކަށް އެދިވަޑައިގެން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އާއްމު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މުއްތޮލިބު އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީ ހަލާކުކޮށްލުމަށް މަސައްކަތް ކުރަނީ މި ގައުމުގައި އެހެންދީންތަކަށް ފުރުސަތުދީ ފައްޅި އަޅަން ކަމަށާއި މިހާރުގެ ގާނޫނުއަސާސީ އޮއްވައި އެކަން ކުރެވެންނެތް ކަމަށާއި ގާނޫނު އަސާސީއަކީ ގައުމަށް ލިބިފައިވާ ވަރަށްބޮޑު ހިމާޔަތެއް." ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...