އިންޑިއާގެ މައިސޫރުގައި ކިޔަވަން ތިބި ދިވެހި ކުދިންނަށް އަމާޒުކޮށްގެން ނަޞާރާ ދީނުގެ ފޮތާއި ސީޑީ ބަހަމުން އެބަދެއެވެ.
މިއަދު މައިސޫރުގައި ކިޔަވަން ހުރި ދިވެހި ކުއްޖަކު ވާހަކަ ދައްކަމުން ބުނީ އެއިން ބައެއް ތަކެތި އޭނާއަށް ވެސް ލިބިފައިވާ ކަމަށެވެ. "އެމީހުން ބުނީ ތިމަންނަމެން ސީޑީ އާއި ފޮތްތައް ޕްރޮމޯޓު ކުރަނީ ކަމަށް، މި ހުރިހާ އެއްޗަކީ ވެސް ހަމަ ހިލޭ ބަހާ އެއްޗެތި، އެމީހުން އަހަރެންނަށްވެސް ދިން ރެކޯޑަރެއް ކަހަލަ އެއްޗެއް. އަދި އޭގެ ފީޑްބެކް އެ ރެކޯޑަރުގައި ވާ ވެބްސައިޓަށް ދިނުމަށް އެދުނު" އެ ކުއްޖާ ވާހަކަދައްކަމުން ބުންޏެވެ.
އަދި އެފަރާތުން މައުލޫމާތު ދެމުން ބުނީ މި އެއްޗެހި ބަހަނީ ދިވެހިންނަށްކަމަށާއި މިކަމުގައި އުޅެނީ ލަންކާ މީހުން ކަމަށެވެ. އަދި މިކަމުގައި ދިވެހި ބައެއްގެ އަތެއްވާކަމަށްވެސް ވާހަކަ ދެކެވެމުން އެބަދެއެވެ.
ދިވެހިންނަށް އަމާޒުކޮށްގެން ނަޞާރާދީން ފެތުރުމަށް މިޝަނަރީ ޖަމާޢަތްތަކުން ތަފާތު މަސައްކަތްތައް ކެނޑިނޭޅި އަންނަނީ ކުރަމުންނެވެ. ބޭރު ޤައުމުތަކުގެ އިތުރުން، ދިވެހި ފަސްގަނޑުގައިވެސް މީގެ ކުރިން ވަނީ މީގެ ތަފާތު މައްސަލަތައް ފެންމަތިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...