ދިއިސްލާމް ޤައުމީ ޔުނިވަރސިޓީން ޖެނުއަރީ 2012 ގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ ޔުނިވަރސިޓީން ޖެނުއަރީ 2012 ގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ ޔުނިވަރސިޓީން ޖެނުއަރީ 2012 ގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޖެނުއަރީ 2012 ގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެ ޔުނިވަރސިޓީން ހާމަކުރާގޮތުގައި މިބުރުގައި 136 ކޯހަކަށް، 4,600 މީހުންގެ ޖާގަ ވަނީ ހުޅުވާލާފަ އެވެ. މި ކޯސްތަކުގެ ތެރޭގައި ބަހާއި އިންސާނީ ޢިލްމުތަކާ ގުޅޭ ދާއިރާ، މުދައްރިސްކަމުގެ ދާއިރާ، އެންޖިނިއަރިންގ ދާއިރާ، ޞިއްޚީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ، ދީނީ ކޯސްތައް، ކޮމްޕިއުޓަރާއި ވިޔަފާރީގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ބޯޓް ދަތުރުކުރުމާއި ގުޅުން ހުރި ކޯސްތައް، ދުރުންދޭ ތަޢުލީމުގެ ނިޒާމުން ހިންގޭ ކޯސްތައް އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތައް ހިމެނެއެވެ. މީގެ ތެރޭގައި ފުލްޓައިމް އަދި ޕާޓް ޓައިމް ކޯސްތައް ހިމެނެއެވެ.

މިކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް މިމަހު 21 ން 23 ށް "ފަހި ދުވަސް" ގެ ނަމުގައި ޔުނިވަރސިޓީން ވަނީ ޚާއްޞަ ހަރަކާތެއް ވެސް ހިންގާފައެވެ.

ޔުނިވާސިޓީން ހާމަކުރާ ގޮތުގައި މި ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 17 ނޮވެމްބަރ 2011 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ. މިކޯސްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް އަދި އެޕްލިކޭޝަން ފޯމް ޔުނިވަރސިޓީގެ ވެބްސައިޓުންނާއި، ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިންނާއި، ހުރިހާ ފެކަލްޓީތަކާއި، ސެންޓަރުތަކާއި އަދި އަތޮޅުތަކުގެ ކެމްޕަސްތަކުން ހިލޭ ލިބެން ހުންނާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން ގެނަމުގައި މީގެ ކުރިން ހިންގަމުން އައިސް، 15 ފެބްރުއަރީ 2011 ގައި ޤާއިމްކުރި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މަޤްޞަދަކީ ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓާނޭ، އަދި ޤައުމުގެ ޘަޤާފީ، އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމަށްޓަކައި ތަޢުލީމުދީ، ތަމްރީނު ހިންގައި ދިރާސާކޮށް އަދި ޤައުމަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި އިސްނަގައި ބައިވެރިވާނޭ ޒިންމާދާރު ދިވެހި ދަރިން އުފެއްދުމެވެ.

ޤައުމީ ޔުނިވާސިޓީގެ ދަށުން މިހާރު މާލޭގެ ހަތް ފެކަލްޓީއަކާއި ދެ ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ތިން ކެމްޕަހެއްގައި ކޯސްތައް ހިންގަ އެވެ. އެންމެފަހުން ޔުނިވާސިޓީގެ ބައެއްގެ ގޮތުގައި ހިމެނިފައިވަނީ ދިވެހި ބަހާއި ތާރީޚާއި ބެހޭ މަރުކަޒާއި، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީގެ ވެބްސައިޓް

ޤައުމީ ޔުނިވަރސިޓީން ޖެނުއަރީ 2012 ގައި ފަށާ ކޯސްތަކާ ބެހޭ މަޢުލޫމާތު

ޓެގް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.