ދަރުސް ޚަބަރު މިރޭ ބާއްވާ ހަތް ވަނަ އިޙްޔާ ފޯރަމް އޮންނާނީ ހދ. ކުޅުދުއްފުށީގައި : އިސްލާމިކް މިނިސްޓްރީ

މިރޭ ބާއްވާ ހަތް ވަނަ އިޙްޔާ ފޯރަމް އޮންނާނީ ހދ. ކުޅުދުއްފުށީގައި : އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަތް ވަނަ އިޙްޔާ ފޯރަމް އޮންނާނީ މިރޭ ހދ. ކުޅުދުއްފުށީގައި ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އެ ރަށު އަފީފުއްދީން ސްކޫލްގެ ހޯލުގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް މުޙައްމަދު މޫސާ އާއި އަލްފާޟިލާ ފާޠިމަތު އާފިޔާ އެވެ. މިރޭގެ މައުޟޫއަކީ "އުފާވެރި ޙަޔާތެއް ބިނާކުރުމުގައި މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ މުހިންމު ކަމާއި، މައިންބަފައިންގެ ޙައްޤުތައް" މިއެވެ.

ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ، އައްޝައިޚް މުޙައްމަދު މޫސާ އަދި އަލްފާޟިލާ ފާޠިމަތު އާފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް އެމްއެންބީސީ ވަން އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

އިހްޔާ ފޯރަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.