ރާއްޖޭގެ ޚަބަރު ސިފައިންގެ 7 މީހަކާއިއެކު ޤްރުއާން މުބާރާތެއް ބާއްވައިފި

ސިފައިންގެ 7 މީހަކާއިއެކު ޤްރުއާން މުބާރާތެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ސަން.އެމްވީ

ސިފައިންގެ ކުލަބުން އިންތިޒާމްކޮށްގެން  ބޭއްވި މި ޤުރުއާން މުބާރާތުގައި ސިފައިންގެ ހަތް މީހަކާއި ސިފައިންގެ އާއިލާތަކުން 21 ފަރާތެއް ބައިވެރިވި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް( އެމްއެންޑީއެފް) އިން ބުނެފައިވެއެވެ. "ދިވެހި ޢަސްކަރިއްޔާގެ ޤުރުއާން މުބާރާތު"ގެ ނަމުގައި ރޯދަ މަހަށް ހާއްސަކޮށްގެން ބޭއްވި އެމުބާރާތް ކުރިއަށް ދިޔައީ ކަޅުތުއްކަލާ ކޮށީގެ މަލްޓިޕާޕާސް ހޯލްގަ އެވެ.

މި މުބާރާތަށް އިންސާފް ކޮއްދެއްވީ ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާގެ ޤާރީއަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޤާރީއެއްގެ އިތުރުން ސިފައިންގެ ޤާރީއެކެވެ. މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ބޭފުޅުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާނަށް އަހުލުވެރިކުރުން ކަމަށެވެ.

މިމުބާރާތުގައި ބަލައިގެން ކިއުމާއި ހިތުން ކިޔެވުމުގެ ބައި ހިމެނޭ އިރު އެމުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 20 އަހަރުން ދަށާއި 20 އަހަރުން މައްޗެވެ. މުޅި މުބާރާތުން އެއް ވަނަ އަށް އަންނަ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމުރާދަތުރެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް( އެމްއެންޑީއެފް) އަކީ ވަރަށް ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިދާރާއެކެވެ. މިހާމަދު ބައިވެރިން މި މުބާރާތުގައި ބައިވެރިވެފައިވާތީ އެމްއެންޑީއެފްއަށް ފާޑުކިއުން އައުމަކީ އެކަށީގެންވާކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.