ރާއްޖޭގެ ޚަބަރު އެޗް.އާރް.ސީ.އެމް އާއި އެމް.އެން.ބީ.ސީ އިން ދީން ހިމާޔަތް ކުރުމާއިބެހޭ ޤާނޫނާއި ބެހޭގޮތުން ޝަކުވާ ހުށަނާޅާކަމަށް ހާމަކޮށްފި

އެޗް.އާރް.ސީ.އެމް އާއި އެމް.އެން.ބީ.ސީ އިން ދީން ހިމާޔަތް ކުރުމާއިބެހޭ ޤާނޫނާއި ބެހޭގޮތުން ޝަކުވާ ހުށަނާޅާކަމަށް ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މިނިސްޓްރީ އޮފް އިސްލާމިކު އެފެއަރޒާއި ބަންޑާރަނައިބުގެ އޮފީހާއި ގުޅިގެން ހަދާފައިވާ ދިވެހިރާއްޖޭގެ ދީން ހިމާޔަތް ކުރުމާއި ބެހޭ ޤާނޫނާއި ބެހޭގޮތުން ޝަކުވާ ހުށަހަޅާފައި ނުވާކަމަށް ހިޔުމަން ރައިޓް ކޮމިޝަނުންނާއި އެމް.އެން.ބީ.ސީ އިން ހާމަކޮށްފިއެވެ.

ހިޔުމަން ރައިޓް ކޮމިޝަނުގެ ނައިބު ރައިސް މުޙައްމަދު ޒާހިދު ވިދާޅުވީ ރައީސް އޮފީހުން އެވިދާޅުވަނީ ދޮގެއް ކަމަށާއި، އެކޮމިޝަނުން އެޤަވާއިދުނުވެސް ދެކޭކަމަށާއި އަދި އިސްލާމިކް މިނިސްޓްރީއިން އެކޮމިޝަނަށް މިޤަވާއިދު ފޮނުވާފައިވެސް ނުވާކަމަށެވެ. އަދި އެމް.އެން.ބީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޚަލީލު ވިދާޅުވަނީ ޤަވާއިދާމެދު އެއްވެސް ޝަކުވާއެއް ހުށާނާޅާ ކަމަށާއި އެމް.އެން.ބީ.ސީގެ ފަރާތުން އެހެން ބަޔަކު ވާހަކަ ދައްކާތީ އެކަމާއި ހިތާމަ ކުރާ ކަމަށެވެ.

ނަމަވެސް ރައިސުލް ޖުމުހުރިއްޔާގެ ޕުރެސް ސެކެޓްރީ ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނާއި އެމް.އެން،ބީ.ސީއިން މިޤަވައިދާއި ބެހޭގޮތުން ޝަކުވާ ހުށަހަޅާފައި ވާކަމަށެވެ.

ޓެގް

ލާދީނީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.