މި އަންނަ ހުކުރު ދުވަހު އަބްދުﷲ ރަސްގެފާނު މައްކާގެ ހަރަމްފުޅު ބޮޑު ކުރުމަށް ބިންގާ އަޅުއްވާނެކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ނަމަކީ " ކިންގް އަބްދުﷲ އެކްސްޕޭންޝަން" މިއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން 400000 ސްކެއަރ މީޓަރުގެ ސަރަހައްދެއް ހެދިގެންދާނެކަމަށާއި އަަދި އިތުރު 1.2 މިލިއަން މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭނެ ސަރަހައްދެއް ހެދިގެން ދާނެކަމަށް ޚަބަރުތައް ބުނެއެވެ.
އަލަށް މި ބޮޑު ކުރެވޭ ހަރަމްފުޅުގެ ސަރަހައްދު ހެދުމަށް ބޭނުންކުރާނީ އެންމެ ފަހުގެ އާލާތްތައްކަމަށާއި އަދި ސަލާމަތީ ސިސްޓަމެއް ބެހެއްޓޭނެ ކަމަށް ހަބަރުތައް ބުނެއެވެ. މީގެއިތުރުން ކުނި ނައްތާލުމުގެ ޒަމާނީ ސިސްޓަމެއް ގާއިމުކުރެވޭނެކަމަށް މުޙައްމަދު އަލް-ޚޮޒަައިމް ވިދާޅުވެއެވެ. އަދި އެއަރ ކޮންޑިޝަންވެސް ބެހެއްޓޭނެކަމަށް އިތުރަށް މުޙައްމަދު އަލް-ޚޮޒަައިމް ވިދާޅުވިއެވެ.
ކޮންމެ އަހަރުކުވެސް އެތަށް މިލިއަން މުސްލިމުންނެއް ދަނީ ހައްޖުވުމަށާއި އުމްރާވުމަށް މައްކާއަށް ދަމުންނެވެ. އަދި ޖާގައިގެ ދަތިކަން އަންނަނީ ކުރިމަތިވަމުންނެވެ. ނަމަވެސް މި ޕްރޮޖެކްޓޮގެ ސަބަބުން ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...