ރާއްޖޭގެ ޚަބަރު ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ޖަރުމަނުގެ އެހީގައި މަޝްރޫޢެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ޖަރުމަނުގެ އެހީގައި މަޝްރޫޢެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން

ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، އާބާދީގައި ނަޞާރާ ދީނުގެ އަޤުލަބިއްޔަތު ލިބިފައިވާ ޖަރުމަން ސަރުކާރުގެ، އެހީގެ ދަށުން މަޝްރޫޢެއް އެކުލަވާލައި، އަންނަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މިހާރުވަނީ ހަމަޖެހިފައިވާ ކަމަށް ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު 10 ޖެހިއިރު، ދިވެހިރާއްޖޭގެއަޑު މެދުވެރިކުރައްވާ، ދެއްވި ހަފްތާގެ، 43 ވަނަ ރޭޑިޔޯ ޚިޠާބުގައެވެ. "ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަކީވެސް މުހިންމު ކަމެއް. މިދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ދާދިފަހުން އަޅުގަނޑު ޖަރުމަނަށް ކުރި ދަތުރުގައި، މިމަޝްވަރާތައް ޖަރުމަން ސަރުކާރާއެކު ހިންގިން. ޖަރުމަން ސަރުކާރުން ދެއްވާ އެހީގެ ދަށުން މަޝްރޫޢެއް އެކުލަވާލައި، އަންނަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މިހާރުވަނީ ހަމަޖެހިފައި" ރައީސްވިދާޅުވިއެވެ.

މިމަޝްރޫޢުގެދަށުން މިހާރު ހިނގަމުންދާ ކޯސް މުރާޖަޢާ ކުރުމާއި، އަދި ޤާނޫނީ ދާއިރާއިން މާސްޓަރޒް ކޯހެއް އެކުލަވައިލުމާއި، ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމުގެ ތަމްރީނު ހޯދުމާއި، އެކެޑަމިކް މުވައްޒަފުން ބަދަލުކުރުމާއި، އެމުވައްޒަފުން ތާޒާ ކުރުމުގެ ކުރު މުއްދަތުގެ ކޯސް ހިންގުމާއި، އަދި ލައިބްރަރީ ތަރައްޤީ ކުރުންވެސް ހިމެނޭކަމަށް ރައިސް ވިދާޅުވިއެވެ.

"މިމަޝްރޫޢުގެ ތެރޭގައި، މިހާރު ހިނގަމުންދާ ކޯސް މުރާޖަޢާ ކުރުމާއި، އަދި ޤާނޫނީ ދާއިރާއިން މާސްޓަރޒް ކޯހެއް އެކުލަވައިލުމާއި، ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމުގެ ތަމްރީނު ހޯދުމާއި، އެކެޑަމިކް މުވައްޒަފުން ބަދަލުކުރުމާއި، އެމުވައްޒަފުން ތާޒާ ކުރުމުގެ ކުރު މުއްދަތުގެ ކޯސް ހިންގުމާއި، އަދި ލައިބްރަރީ ތަރައްޤީ ކުރުންވެސް ހިމެނޭ" ރައިސްވިދާޅުވިއެވެ

އަދި ޖަރުމަންގެ އެހީގެ ދަށުން ޝަރީޢަތްކުރާ ނަމޫނާ ޖަގަހައެއް ހެދުން ހިމެނޭކަމަށް ރައިސްވިދާޅުވިއެވެ.  ޖަރުމަންއަކީ އާބާދިގައި 82 މިލިއަނަށްވުރެ، ގިނަމީހުން ހިމެނޭ ގައުމެކެވެ. އޭގެތެރެއިން އާބާދީގައި މުސްލިމުންގެ އެވުރެޖަކީ އެންމެ 37 އިންސައްތައެވެ.

ދުނިޔޭގައި އިސްލާމީ ޝަރީޢަތައް ޢަމަލުކުރާ ގައުމުތައް އޮތްއިރު، މިސައްތައިންސައްތަ އިސްލާމީ ގައުމުގެ، ޤާނޫނޫ ހަރުދަނާ ކުރުމަށްޓަކައި ޣައިރު މުސްލިމު ގައުމުތަކުން އެހީ ހޯދުމުން ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު މަޤާމާއި ހަވާލުވުމުގެ ކުރިން މާތް ﷲ ގަންދީ  ކުރައްވާފައިވާ ހުވަޔަށް ޙުރުމަތްތެރިކޮށްހިތާ ކަމާއިމެދު ސުވާލު އުފެދެއެވެ.

ޓެގް

ރާއްޖެ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.