އައިފޯން ބޭނުން ކުރާމީހުންނަށް އެޕަލްއިން ބިސްމަޅި ދުއްވާކަމަށް ކޮއްފައިވާ ތުހުމަތަށް ހައްލެއް ގެންނާނެކަމަށް އެޕަލްއިން ބުނެފިއެވެ. ވައިފައި ޕޮއިންޓްތަކާއި ކެރިއާރތަކާއި ލައިވް ލޮކޭޝަން އައިފޯންގައި ރައްކާކުރާކަމަށް އެޕަލްއިން ވަނީ ކަށަވަރު ކޮއްދީފައެވެ. މިކަން ފެށިފައި ވަނީ އައިފޯން 4 އާއިއެކު ނެރުން އައިއޯއެސް 4.0 އިންނެވެ.
ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ނޫނީ އެއަށް ވުރެއްވެސް އަވަހަށް ، އައިއޯއެސް 4.3.3 އަށް އަޕްޑޭޓް ކުރޭވޭނެއެވެ. މިއަޕްޑޭޓް އަށް ފަހު ލޮކޭޝަން ޑޭޓާރބޭސް އައިޓިއުންސް އަށް ބެކަޕްއެއް ނުނަގާނެއެވެ. އަދި މިއަޕްޑޭޓްގެ ސައިޒްކުޑަވާނެކަމަށާއި ލޮކޭޝަން ސާރވިސް އޮފްކޮއްފައިވާނަމަ ޑާޓާރބޭސް އެއްކޮން ޑިލީޓް ވާނެކަމަށްވެސް ބުނެފައިވެއެވެ. މިއަޕްޑޭޓްއަށް ފަހު ބެޓެރީ ލައިފް އަށްވެސް އިތުރު ކުރިއެރުމެއްލިބޭނެއެވެ.
އައިޕެޑާއި އައިފޯންމެދުވެރިކޮން މީހުންހަށް ފާރަލާމައްސަލައާއި ގުޅިގެން އެޕަލްއަށް ދަނީ އެތައްބަޔެއްގެ ފާޑުކިޔުންތަކެއް ކުރިމަތިވަމުން ނެވެ.
ނޯޓް: ފޮޓޯއިން ތިޔަފެން ނަނީ އައިފޯން 4 އަކުން މެޕްކޮއްގެން ނަގާފައިވާ ލޮކޭޝަން ޑޭޓާރބޭސް އެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...