ދުނިޔެ ތެޔޮ ހިފައިގެން ދަތުރުކުރަމުން ދިޔަ 7 ޓްރަކް، ތޯލިބާނުން ރޯކޮށްލައިފި!

ތެޔޮ ހިފައިގެން ދަތުރުކުރަމުން ދިޔަ 7 ޓްރަކް، ތޯލިބާނުން ރޯކޮށްލައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އަފްގާނިސްތާނުގެ، ގަޒްނީ ޕްރޮވިންސަގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ފައުޖުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ތެޔޮ ބަރުކޮށްގެން އެ އަވަށަށް ދަތުރުކުރަމުން ދިޔަ 7 ޓްރަކްގައި ތޯލިބާނުން ރޯކޮށްލައިފިއެވެ.

ގަޒްނީ ޕްރޮވިންސްގެ ޕޮލިސް ޗީފް، ޒޮރާވަރް ޒާހިދް ހާމަކުރެއްވިގޮތުގައި، ޓްރަކްތަކަށް ހަމަލާދިނުމަށް ފަހު ތޯލިބާނުންވަނީ އެ ސަރަހައްދުން ފިލައިފައެވެ. އަދި އެ ޕްރޮވިންސެގް ފުލުހުންވެގެން ޠޯލިބާނުން ހޯދުމުގެ މަސައްކަތް މިހާރު ފަށައިފާ ވާކަމަށް ޒާހިދް ވިދާޅުވިއެވެ. މި ހަމަލާ ދީފައިވަނީ ޠާލިބާނުންކަމަށް، އެމީހުންވެސް ވަނީ އެއްބަސްވެފައެވެ.

އަފްގާނިސްތާނަކީ، ކަނޑާ އެއްވެސް ސީދާ ގުޅުމެއް އޮންނަ ގައުމަކަށް ނުވުމާއެކު، އަފްގާންގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންނަށް ބޭނުންވާ ތަކެތީގެ 70 އިންސައްތަ އެހީ، ފޯރުކޮށްދޭން އެމެރިކާއިން ބޭނުންކުރަމުންދަނީ، ޕާކިސްތާނުގެ ބަނދަރެކެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ސިފައިންނަށް އެހީ ފޯރުވައިދޭ އުޅަނދުތަކަށް ހަމަލާ ދިނުމަކީ، ތާލިބާނުން ވަރަށް ގިނައިން ކުރަމުން އަންނަކަމެކެވެ. އެގޮތުން 2008 ވަނަ އަހަރުވެސް ވަނީ، ޕާކިސްތާނުގައި ދެވެނު މިފަދަ ހަމަލާއެއްގައި 160 އުޅަނދު ސުންނާފަތިކޮށްލާފައެވެ.

ޓެގް

އަފްޣާނިސްތާން އަރަބި ހަމަލާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.