އެހެން މާއްދާތަކަށް މުހިއްމުކަން ދޭގޮތަށް ޤުރުއާނަށް ވެސް މުހިއްމުކަން ދޭންވާނެ ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވީ ޤުރުއާން މާއްދާއިން އިމްތިހާނު ދިނުން ފަސްކުރަން ނިންމި ނިންމުމަށް މަޖިލީހުން ތާޢީދުކުރުމުން ކުރެއްވި ޓުވީޓެއްގައެވެ.
އަދި އިތުރަށް ވިދާޅުވެފައިވެއެވެ. ޤުރުއާން ކިޔަވައިދީ އެއަށް އަހުލުވެރި ކުރުވުމަކީ އިސްލާމީ ތަރުބިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސް އެވެ.
ނަމަވެސް މިއަހަރު ގުރޭޑް 10 ގެ ދަރިވަރުންނަށް ޤުރުއާން މާއްދާއިން އެސް.އެސް.ސީ އިމްތިހާނަށް ތައްޔާރުވުމަށް ވަޤުތު ނުލިބުމުގެ ސަބަބުން ބެލެނިވެރިންގެ ކަންބޮޑުވުންތަށް ބަޔާންކޮށް ޕެޓިޝަނެއް ވަނީ ހަދާފައެވެ. އަދި މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ދިރާސާކޮށް ނިންމާފައެވެ. އަދި ރިޕޯޓު ފާސްކުރުމަށް ނެގި ވޯޓުގައި 62 މެމްބަރުން ބައިވެރިވެ ވަޑައިގެން މިރިޕޯޓު ވަނީ ފާސްކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...