ކޮލަމިސްޓް ރާއްޖޭގައި އަންބަރާ ކުރަން ފެށުނީ އިއްޔެ އަކު މިއަދަކު ނޫން

ރާއްޖޭގައި އަންބަރާ ކުރަން ފެށުނީ އިއްޔެ އަކު މިއަދަކު ނޫން

ރާއްޖޭގައި އަންބަރާ ކުރަން ފެށުނީ އިއްޔެ އަކު މިއަދަކު ނޫން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދާދި މިދާކަށް ދުވަހު ދިވެހިން ސިއްސައިގެން ދިޔައީ ކުއްލި ގޮތަކަށް އަންބަރާ ކުރާން ތިބި ބަޔަކު ވ އަންބަރާއިން ހައްޔަރު ކުރި ޚަބަރާއި އެކުގައެވެ. މި ޚަބަރަކީ ބަޔަކު ސިއްސައިގެން ގޮސް ބިސް ހާއްޔަކަށް ވެއްޓިގެން ދިޔަ ޚަބަރަކަސް މާލެ އާއި ރާއްޖެ ދުށް ކޮންމެ މީހަކަށް ވެސް ދިވެހި ޒުވާނުންގެ އަންބަރާ ކުރުމުގެ ސަޤާފަތާއި ފޯރި އޮޅިފައެއް ނުވާނެ އެވެ. މިގޮތަށް ފާޅުގައި އަންބަރާ ކުރާން ފަހުގެ ތާރީޚެއްގައި ފެށުނު ނަމަވެސް އަންބަރާ ކުރާން މިރާއްޖޭގައި ފެށުނީ އިއްޔެ އަކު މިއަދަކު ނޫނެވެ.

ދިވެހި ދައުލަތުގެ ބައެއް ވެރިކަން ތަކުން ދިވެހި ޒުވާނުން އަންބަރާ ކުރާން ވަރަށް ބޮޑަށް ހިއްވަރުދީ އުޅުނު ކަމަށް ދެކެވޭ ވާހަކަ ތަކުގެ މައްޗަށް އަލި އަޅުވާލަން މިއީ ވަރަށް މުނާސަބު ވަގުތެކެވެ. ދިވެހި ޒުވާނުންގެ ތެރޭގައި ކަނޑައެޅިގެން އިސްލާމް ދީނާއި މާތް ނަބިއްޔާ ޞޢވ އަށް ފުރައްސާރަ ކުރާ ޒުވާނުން އުޅޭ ކަމާއި އެފަދަ މީހުން ފާޅުގައި ނުކުމެ އެއްޖިިންސުން ގުޅުން ހިންގުމުގެ ހުއްދަ ދިނުމަށް މި ޤައުމުގެ ފަސްގަނޑުގައި ގޮވާލުމަށް ފުރުޞަތުދީ ހެދިކަމީ ދިވެހި ތާރީޚުން ފެންނާން ހުރި ޙަޤީޤަތެވެ. ފަހުން ކުދިބަޔަކު ނުކުމެ އޮއްގާ އުކުމުން އޭރުގެ ވެރިކަމުގެ ބާރަށް ވެސް ގޯސްވީ ގާ އުކި ކުދިން ކޮޅެވެ.
ކޮންމެ އަކަސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަނީ ފާޅުގައި އަންބަރާ ކުރާން ފެށިފައެވެ. ދައުލަތުގެ ސަލާމަތީ ބާރު ތަކުގެ ނިވާފަތުގައި ދިވެހި ދައުލަތުގެ އެންމެ ކަރާމާތްތެރި އިދާރާ ތަކާއި ގަނޑުވަރު ތަކުގައި ފާޅުގައި އަންބަރާ ކުރި ކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މިވަރުން ނުވެގެން މާލޭގެ ބައެއް ސަރަޙައްދު ތައް ވަކިބައެއްގެ ބާރުގެ ދަށަށް ގެންގޮސްގެން އެތަނުގައި އަންބަރާ ކުރިކަން ވެސް ފަހުން ވަނީ ހާމަ ވެފައެވެ.
ދައުލަތުގެ ބައެއް ބާރު ތަކުން ހިއްވަރު ލިބިގަނެގެން ސަލާމަތީ ބާރު ތަކުގެ ނިވާފަތުގައި ރަސްމީ ގޮތުން މާލޭ ސިޓީ ކައުންސިލުން ދަރުބާރުގެ ކުއްޔަށް ނަގައިގެން އަންބަރާ ކުރާން ތިބި ބަޔަކު ވެސް ވަނީ ފަހުގެ ތާރީޚުގައި އަތުލައި ގަނެފައެވެ. މިބަޔަކު އަންބަރާ ކުރާތާ ދެތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ފާޅުގައި އަންބަރާ ކުރާން ތިއްބާ ހުއްޓުވުމަކީ ވެރިކަމުގެ ބާރުތަކަށް އައި ބަދަލަކާއި އެކު ފެނިގެންދިޔަ މަންޒަރެކެވެ. މިފަހަރު ވެސް ބައެއްގެ ބޮލަށް ތުރާވެ އެންމެ ފަހުން ގޯސްވީ އަންބަރާ ކުރާންތިބި ޒުވާން ކުދިންކޮޅު ހުއްޓުވި ފުލުހުންނެވެ.
މީގެ އިތުރުން ވެސް މާލޭގެ ބައެއް ބޮޑެތި ގެސްޓް ހައުސް ތަކުގެ ފްލޯ ތަކާއި، ޓެރަސް ތައް އެކުގައި ނަގައިގެން އަންބަރާ ކުރުމުގެ މަޖާގަނޑު ވަރަށް ފޯރީގައި ކުރިޔަށް ގެންދަނިކޮށް ދިމާވި ޙާލަތަކާއި ހުރެ އެކަންކަން މިހާރު ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އެގޮތުން އަންބަރާ ކުރުމަށް ފުލުހުން ހުރަސް އެޅުމާއި ވެރިކަމުގެ ބާރު ތަކާއި ސަލާމަތީ ބާރު ތަކަށް އައި ބަދަލު ތަކަކީ ސަބަބަކަށް ވުން އެކަށީގެން ވެއެވެ.
ދާދި ފަހަކުން ފުލުހުން ވަނީ ދައުލަތުގެ ޢިއްޒަތްތެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އެންމެ މަތީ ފަންތީގައި އުޅުއްވި ޢިއްޒަތްތެރިން ކޮޅެއްވެސް ފަޅު ރަށެއްގައި އަންބަރާ ކުރައްވާން ތިއްބަވަނިކޮށް ހުއްޓުވާފައެވެ. ޢާއްމު އުޞޫލުން މިފަހަރު ވެސް އަންބަރާ ކުރެއްވި ބޭފުޅުންނަކީ ބަޠަލުންނަށް ހައްދަވައި އަންބަރާ ކުރަނިކޮށް ހުއްޓުވި ފުލުހުންނަނީ ބާޣީން ކަމަށް ސިފަކޮށް އަންބަރާ ކުރުމުގެ ސަޤާފަތް މިރާއްޖޭގައި އަށަގަންނުވަން މަސައްކަތް ކުރި ފަރާތްތަކުން ކަންބޮޑުވެގެން ތެޅިފޮޅުނު ކަމީ އިހައްދުވަހު ދިވެހި ރައްޔިތުންގެ ލޯމަތިން ފެނިގެން ދިޔަ ޙަޤީޤަތެކެވެ.
މިކަންކަން އެއްކިބާ ކޮށްލުމަށް ފަހު މާލެ ތެރޭގައި ހެލްތު މިނިސްޓްރީގެ ހުއްދަ ބޯޑު އަޅުވައިގެން އަންބަރާ ކުރަނިކޮށް އަތުލައި ގަތީ ކިތަށް ތަން ކަން މިއަދު ދިވެހިން ހަނދާން ނުހުރެދާނެއެވެ. މި ކަންކަމަކީ ދައުލަތުން ނުހުއްޓުވައި ނިވާފަތުގެ ގޮތުގައި އޮވެ ފުރުޞަތު ދީގެން ކަމަށް އޭރުވެސް ބަޔަކު ބުނަމުން ގެންދިޔަ އެވެ. އެއާއި އެކު އަންބަރާ ކުރުމުގެ ސަޤާފަތް މި ރާއްޖޭގައި އަށަގެންނެވުމަށް އޭރުގެ ދައުލަތުގެ މައި ބާރުގެ އިސް ވެރިން ކުރަމުން ގެންދިޔަ މިންނެތް މަސައްކަތުން މިއަދު އަންބަރާ ކުރުމަކީ ދިވެހި ބައެއް ޒުވާނުންނަށް މިވަނީ މަޤްބޫލު ކަމަކަށް ވެފައެވެ.
ކުޑަ ރަށެއްގެ އާބާދީ އަށްވުރެ ގިނަ ބަޔަކު ފަޅު ރަށެޢްގައި އަންބަރާ ކުރާން ތިއްބާ ފުލުހުން ގޮސް ހުއްޓުވާން އެހެން ނޫން ނަމަ ނުޖެހުނީހެވެ. ކުއްލި ގޮތަކަށް މިހާ ގިނަ ޢަދަދެއްގެ ދިވެހި ޒުވާނުން އަންބަރާ ކޮށްލާން އަންނާށޭ ބަޔަކު ހަމަ ގޮވާލާއިރަށް ހޭބޯނާރައިގެން ނުދުވާނެ ކަމީ ހަމަބުއްދި ހުރި ކޮންމެ ދިވެއްސަކަށް ވެސް ފަހުމުވާނެ ކަމެކެވެ. ބަޔަކު ޤަބޫލު ކުރިޔަސް އަދި ނުކުރި ޔަސް މި ރާއްޖޭގައި އަންބަރާ ކުރުމުގެ ސަޤާފަތް އަށަގަންނުވަން އެންމެ ބުރަ ކޮށް މަސައްކަތް ކޮށްފައި ވަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިއަކު އިސްކޮށް ހުންނަވައިގެން ކަމީ ގިނަބަޔަކު އިއްތިފާޤު ވާނެ ޙަޤީޤަތެކެވެ. އެހެންނޫން ތޯއެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.