މުޅި ދުނިޔޭގެ ސުޕަރ ޕަވަރު ކަމަށް އަމިއްލަ އަށް ހެދިގެން އުޅޭ އެމެރިކާ މުޅި ދުނިޔެއަށް ފަލީޙަތް ކޮށް ބޭޒާރު ކުރަމުން ގެންދާ އެޑްވަޑް ސްނޯޑެން އަކީ ތޫނު ފިލި އިންސާނުންގެ ތެރެއިން ވެސް އަރާހުރި އާދަޔާ ޚިލާފު ތޫނުފިލި ކަމެއް ލިބިގެންވާ އިންސާނެއް ކަމަށް ސްނޯޑެން އާއި އެކު އެމެރިކާގެ ހަވާއީގައި ހުންނަ ނެޝަނަލް ސެކިޔުރިޓީ އެޖެންސީ އެންއެސްއޭގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ބުނެފިއެވެ.
އޭގެ ތެރެއިން ބައެއް މީހުން ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ މުސްއަނދިންނާ ބެހޭ މަޢުލޫމާތު ގެނެސްދޭ ފޯބްސް މަޖައްލާގައި ނަންހާމަ ނުކުރުމަށް ޝަރުޠު ކޮށް މަޢުލޫމާތު ދެމުން ބުނީ އެޑްވަޑް ސްނޯޑެންގެ ތޫނުފިލިކަން އޭނާ ދައްކުވައިދީފައި ވަނީ ހަމައެކަނި އެމެރިކާ ބަރަހަނާ ކުރުމުގައި ނޫން ކަމަށެވެ.
އެމީހުން ބުނީ ސްނޯޑެން އެންއެސްއޭ ގައި މަސައްކަތް ކުރި ދުވަސް ވަރު ވެސް އެހެން ހުރިހާ އިންޖިއަރުންނާއި މީސްމީހުންނަށް ޙައްލުނުވެ ބޮޑުވެގެން އުޅޭ ކޮންމެ މައްސަލަ އެއް ފަސޭހަ ކަމާޢި އެކު ޙައްލު ކޮށްދީގެން އެންމެންގެ ރުހުމާއި ލޯބި އޭނާ ހޯދާފައި ވާކަމަށެވެ.
އެގޮތުން އެންއެސްއޭގެ އިސް ބައެއް ވެރިން ވެސް ސްނޯޑެންގެ ޝަޚުސިއްޔަތާ ވަރަށް ގަޔާވާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.
އޭނާ ބުނީ ސްނޯޑެން އާއި އެކުގައި މަސައްކަތް ކުރި އިރު އޭނާ ދުވަހަކު ވެސް އެހެން މީހެއްގެ ޕާސްވޯޑެއް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އަދި އެހެން ޕާސްވޯޑެއްގައި އޭނާ އެންއެސްއޭގެ ސިސްޓަމްގެ ތެރެއަށް ވަދެފައި ވާކަމެއް އެނގެން ނެތް ކަމަށް ވެސް އެންއެސްއޭގެ އޮފިޝަލާ ޙަވާލާދީ ފޯބްސް އިން ވަނީ ބުނެފަ އެވެ.
އޭނާ ބުނީ ސްނޯޑެން އާއި އެކު މީޓިން އަކަށް ދިޔަ ކޮންމެ މީހަކު ވެސް އޭނާ އާއި ހުރެ އަންތަރީސް ވާ ކަމަށެވެ. އޭނާ އަށް ދުވަހަކު ވެސް ކަމެއް ބޮޑު ނުވާކަމަށް ވެސް މަޢުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
އެންއެސްއޭ ކަހަލަ ދުނިޔޭގެ އެންމެ މޮޅެތި މީހުން މަސައްކަތް ކުރާ އިދާރާ އަކުން ވެސް ސްނޯޑެން ފަދަ ތޫނުފިލި ހުނަރުވެރި ކަންބޮޑުނުވާ މީހަކު ދުވަހަކު ވެސް ފެނިފައި ނުވާ ކަމަށް އެ މުވައްޒަފު ވަނީ ކިޔައިދީފަ އެވެ.
އޭނާ ތަކުރާރު ކޮށް ބުނީ އެޑްވަޑް ސްނޯޑެން އަކީ ތޫނުފިލި މީހުންގެ ތެރެއިން ވެސް އަންތަރީސް ވާހާ ތޫނުފިލި މީހެއް ކަމަށެވެ.
މާދަމާގެ ބައިގައި. . . .
ސްނޯޑެން އެންއެސްއޭގެ މަޢުލޫމާތު ތައް ހޯދީ ކިހިނެއް؟
ކޮމެންޓް (0)
ލޯޑް ކުރަމުން...