ސުވާލާއި ޖަވާބު ކުށުސަޖިދަޖަހާއިރު ކިޔާ ދުޢާއަކީ ކޮބާތޯ؟ އަދި ސަޖިދަ ޖަހަންޖެހެނީ ކިތައްފަހަރުތޯ؟

ކުށުސަޖިދަޖަހާއިރު ކިޔާ ދުޢާއަކީ ކޮބާތޯ؟ އަދި ސަޖިދަ ޖަހަންޖެހެނީ ކިތައްފަހަރުތޯ؟

ކުށުސަޖިދަޖަހާއިރު ކިޔާ ދުޢާއަކީ ކޮބާތޯ؟ އަދި ސަޖިދަ ޖަހަންޖެހެނީ ކިތައްފަހަރުތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކުށު ސަޖިދައިގައި ކިޔާކަށް ވަކި ޚާއްޞަ ޛިކުރެއް ނޯވެއެވެ. ސަޖިދައިގައި ކިޔާ ދުޢާ އެއީ ހަމަ ކުށުސަޖިދައިގެވެސް ދުޢާއެވެ. سُبْحَانَ رَبِّيَ اْلأَعْلَى ކިޔުމުން ފުދޭނެއެވެ. ވަކިން ނަމާދުކުރާ މީހެއް ކަމުގައިވިޔަސް ރަކުޢަތުގެ ޢަދަދާމެދު ޝައްކު އުފެދިއްޖެނަމަ ޔަޤީންވާ ޢަދަދަށް ބުރަވުމަށްފަހު މަދުވާހެން ހީވާ ރަކުޢަތެއް ނުވަތަ ރަކުޢަތް ތަކެއް ގެނެސްގަން ނާނީއެވެ. އަދި އައްތަޙިޔާތުކިޔާ ނިމުމުން، ސަލާން ދިނުމުގެ ކުރިން ކުށުސަޖިދައިގެ ދެސަޖިދަ ޖަހާނީއެވެ. އަދި އެއަށްފަހު ސަލާމް ދޭނީއެވެ. ޢާއްމުކޮށް ޝައްކުވާހެން ހީވާމީހެއްނަމަ ބެލެވޭނީ އެއީ ވަހުމް ކަމަށެވެ. އެފަދަމީހާގެ މައްޗަށް ޔަޤީން ނުވާހާ ހިނދަކު އެކަމާ ފަރުވާލެއް ބެހެއްޓުމެއްނެތެވެ. ނަމަވެސް ސަލާމް ދިނުމަށްފަހު ކުށުސަޖިދައިގެ ދެސަޖިދަ ޖެހުން އައުލާކަން ބޮޑުވެގެން ވެއެވެ. އެއީ އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘްފުޅަށް ބުރަވެއެވެ. ވަހުމާ ޝައްކާ ދޭތީގެ ތަފާތަކީ ވަހުމުގައި ޢާއްމުކޮށް ރަކުޢަތެއް އުނިވެއްޖެހެން ހީވާނީއެވެ. ނަމަވެސް ވަކިކޮޅަކަށް ބުރައެއް ނުވެވޭނެއެވެ. އަދި ޝައްކުގައި އުނިވެއްޖެކަމަށް ނުވަތަ އިތުރު ވެއްޖެކަމަށް ޝައްކުވެ، އޭގެތެރެއިން ކޮންމެވެސް ގޮތެއް ޔަޤީންކޮށް ނިންމާނީއެވެ. އެބަހީ ހަތަރު ރަކުޢަތް ނަމާދެއްގަ ތިން ރަކުޢަތާ ހަތަރު ރަކުޢަތާ ދެމެދު ޝައްކު ވެއްޖެނަމަ ޔަޤީނުންވެސް ކުރެވުނުކަމަށް ނިންމޭނީ މަދު ޢަދަދެވެ. އެއީ ތިންރަކުޢަތެވެ. އަދި ހަތަރުވަނަ ރަކުޢަތް ކުރާނީއެވެ. އެއައްފަހު ކުށުސަޖިދަޖަހާ ސަލާންދޭނީއެވެ.

ޢާއްމުގޮތެއްގައި ޝައްކުވުން ނުވަތަ ވަހުމް ވުމަކީ ޝައިޠާނާގެ ފަރާތުން އަންނަކަމެކެވެ. އަދި އެއީ އެސޮރަށް ފުރުޞަތުލިބޭގޮތަށް ކަންތައް ކުރެވޭތީ ދިމާވާ ކަންތަކެވެ. އެގޮތުން ޖަމާޢަތުގެ ނަމާދަށް ފަރުވާ ކުޑަކުރުމާއި، ވަކިން ގޭގައި ފަރުޟު ނަމާދުކުރުމާ، އަދި ޖަމާޢަތުގަ ކުރާއިރުވެސް ސުނަނަތަށް ފަރުވާކުޑަކުރެވޭތީއެވެ. އެގޮތުން ސަފުހެދުމުގައި ފަރުވާކުޑަކޮށް ދެމީހުންގެ ދޭތެރޭ ބޮޑެތި ހުސްޖާގަބެހެއްޓުންވެސް ހިމެނެއެވެ. ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަފުސީދާކުރުމަށް ގޮވާލައްވާހިނދު ޝައިޠާނާޔަށް ހުސްތަން ނުދިނުމަށްވެސް ގޮވާލައްވައެވެ. والله أعلم

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.