އަރަބިދުނިޔެ ހިޒްބުﷲ ޖަމާޢަތަކީ ހަތިޔާރުގެ ބާރު ނެތް ބަޔަކަށް ހެދުމަށް އދ.ން ގޮވާލައްވައިފި

ހިޒްބުﷲ ޖަމާޢަތަކީ ހަތިޔާރުގެ ބާރު ނެތް ބަޔަކަށް ހެދުމަށް އދ.ން ގޮވާލައްވައިފި

ހިޒްބުﷲ ޖަމާޢަތަކީ ހަތިޔާރުގެ ބާރު ނެތް ބަޔަކަށް ހެދުމަށް އދ.ން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލުބްނާނުގެ ހައްދުފަހަނައަޅާފައިވާ ޝީއީ ރާފިޟީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲ އަތުގައި ހަތިޔާރު ހުރުމަކީ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވަމުން އެ ޖަމާއަތުން ހަތިޔާރު ހުސްކުރުމުގެ ވާހަކަތައް ލުބްނާން ސަރުކާރުން އަލުން ފެށުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ގޮވާލައްވައިފިއެވެ.

ލުބްނާނަށް ވަޑައިގެން އެގައުމުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާން ވިދާޅުވީ ސަރުކާރުން ބޭރު އެއްވެސް ބައެއްގެ އަތުގައި ހަތިޔާރު ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ހިޒްބުﷲ އަށް ލިބިފައިވާ އަސްކަރީ ގާބިލުކަމާ މެދު އޭނާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ޝީއީ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އަކީ ލުބްނާނުގެ އަސްކަރިއްޔާ އަށް ވުރެ ވެސް ބާރުގަދަ ޖަމާއަތެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެމެރިކާ އާއި އިސްރާއީލުން އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ލަފާކުރާ ގޮތުން ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދޭ ދެ ގައުމަކީ އީރާނާއި ސީރިއާއެވެ. ހިޒްބުﷲ އަކީ މި ދެ ގައުމާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޖަމާއަތެކެވެ. މި ޖަމާއަތުން 2006 ވަނަ އަހަރު އިސްރާއީލާ އެކު ވަރުގަދަ ހަނގުރާމައެއް ވެސް ކުރިއެވެ.

ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމުގެ ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް ވާހަކަތައް މެދުކެނޑިފައި ވަނީ ޕާޓީތަކުގެ އިސް ވެރިންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ހެދިއެވެ. ހިޒްބުﷲ އިން ލުބްނާނުގެ ދެކުނު ސަރަހައްދު ކޮންޓްރޯލްކުރާ ޖަމާއަތެވެ.

ހަތިޔާރު އެޅި ޖަމާއަތެއްގެ އިތުރުން އިޖުތިމާއީ ދާއިރާގައި ވެސް އެމީހުންގެ ނުފޫ ގަދައެވެ. މީގެ އިތުރުން ހިޒްބުﷲ އަކީ ލުބްނާނުގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ވެސް މެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.