ރާއްޖޭގެ ޚަބަރު އޮޅުވެލިފުށީގައި ޤާއިމުކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް ފަށައިފި

އޮޅުވެލިފުށީގައި ޤާއިމުކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް ފަށައިފި

އޮޅުވެލިފުށީގައި ޤާއިމުކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޅ. އޮޅުވެލިފުށީގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ވަޑައިގެންނެވެ.

މި ހާއްސަ ރަސްމިއްޔާތުގައި އޮޅުވެލިފުށީގައި ޤާއިމްކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕީގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ގޮފި ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއެވެ.

ސަރުކާރުން މިހާރު އަންނަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެއްވުމުގެ މަސައްކަތް އިސްކަންދީގެން ކުރަމުންނެވެ. މިއީ ރާއްޖޭގައި ޤުރުއާނުގެ އިލްމު ފުޅާކޮށް، ދީނީ ތަޢުލީމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

ކީރިތި ޤުރާއާނާއިބެހޭ މަރުކަޒު ސަރުކާރުން އުފައްދާފައިވަނީ 2000 ވަނަ އަހަރުގައެވެ. އެދުވަހުން ފެށިގެން މި މަރުކަޒުން އަންނަނީ ޤުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޮޅުވެލިފުށީގައި މި ގޮފި ޤާއިމްކުރުމަކީ، އެރަށުގެ ރައްޔިތުންނަށް ޤުރުއާނުގެ ތަޢުލީމު ލިބިގަތުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

ޓެގް

ޅ.އޮޅުވެލިފުށި ޤުރުއާނާ ބެހޭ މަރުކަޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.