ދިއިސްލާމް ކިތާބުއް ތައުޙީދު – ޝައިޚުލް އިސްލާމް އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު.

ކިތާބުއް ތައުޙީދު – ޝައިޚުލް އިސްލާމް އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު.

ކިތާބުއް ތައުޙީދު – ޝައިޚުލް އިސްލާމް އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ރަނގަޅަށް އިތު ބާރު ހިފޭ ފަރާތަކުން މިވާހަކަ ކިޔައިދިނެވެ:

އިންޑިޔާގެ ސްޓޭޓްތަކުގައި ދީންކިޔަވައިދެއްވަން އުޅުއްވި ޢިލްމުވެރިއެކެވެ. އެޢިލްމުވެރިޔާ ދީން އުނގަންނައިދެއްވަނީ މިސްކިތްތަކުގައެވެ. އެކަލޭގެފާނުން އަބަދުވެސް ކުލާސްތައް ނިންމަވާފައި ވަރަށްބޮޑަށް ﷲ އަށް ދުޢާދަންނަވައެވެ. އެއިގެ ތެރެއިން އެއްދުޢާއަކީ ޝައިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބަށް އިހާނެތިކޮށް ކުރާ ދުޢާއެވެ.

(ސަބަބަކީ އެޢިލްމުވެރިޔާއަށް އިވިފައިވަނީ ޢަބުދުﷲ ބިން ޢަބުދުލް ވައްހާބަކީ އިސްލާމްދީނަށްހުރި ހަލާކެއްކަމުގައެވެ.)

މިޢިލްމުވެރިޔާގެ ކުލާސްތަކަށް އިއްތިފާޤުން ސަޢޫދީ ޢަރަބިއްޔާގެ ކުއްޖަކު ދާންފެށިއެވެ. މިކުއްޖާއަށް މިކަންކަން، މިހެޔޮލަފާ ޝައިޚްގެ ފަރާތުން ފެންނަން ފެށުމުން އެކަން ހުއްޓުވާ ޝައިޚްއަށް ކަމުގެ އަސްލު ބަޔާންކޮށްދިނުމަށް ހިތްއެދުނެވެ. އެހެންކަމުން ރަނގަޅު ޕްލޭނެއް ރޭވުމަށްފަހު މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ ކިތާބުއް ތައުޙީދުފޮތް މިޢިލްމުވެރިޔާއަށް ދިނުމަށްޓަކައި ގެންދިޔައެވެ. ނަމަވެސް މިކުއްޖާ ކަންތައް ކުރިގޮތަކީ ކިތާބުއް ތައުޙީދުގެ ބޭރުގަނޑާއި އެތެރޭގައިވާ މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ ބަޔޮގްރަފީ އޮތް ގަނޑުތައް ކަނޑާވަކިކުރިއެވެ. ދެންއެއަށްފަހު އެފޮތް އުސްތާޒް (ޢިލްމުވެރިޔާ) ގެއަތަށް ދީފައި އެފޮތްކިޔައި އަދިއެއާއިމެދު އެއްޗެއްބުނުމަށް އެކުއްޖާއެދުނެވެ. އެޢިލްމުވެރިޔާ އެފޮތް ހިފައިގެން ގެޔަށްދުރުވެ އެފޮތްކިޔުއްވިއެވެ. އަދި އެފޮތާއިމެދު ވަރަށް ގަޔާވެސްވިއެވެ.

އެއިގެ އަނެއް ދުވަހު އެކުއްޖާގެ ގާތުގައި އެފޮތާއިމެދު ހައިރާންވާހާވަރަށް ތަޢުރީފުކުރަމުން ބުންޏެވެ. މިއީ މިފަދަ މަޢުލޫއަކަށް މީހަކު ލިޔެފައިވާ އެންމެ ރަނގަޅުފޮތެވެ. ނުވަތަ އެންމެ ރަނގަޅު އެއްފޮތެވެ.

ދެން މިކުއްޖާ އެފޮތާއިމެދު ބުންޏެވެ. އުސްތާޒެވެ. މިފޮތުގެ މުސައްނިފަކީ މުޙައްމަދު ބިން ޢަބްދުލް ވައްހާބެވެ. ކަލޭގެފާނުންނަށް އިނގިފައިވާ ގޮތްގޮތަކީ މުޅިންވެސް ނުބައި ގޮތްގޮތެވެ. އެއީ ބަޔަކު މީހުންގެ ނުބައި ޕްރޮޕެގެންޑާއެކެވެ.

ދެން މިޢިލްމުވެރިޔާ ކުރިން ކުރެވުން ކަންކަމަށް ހިތާމަކޮށް އެދުވަހު ކުލާހުގައި މިހެންމިހެން ކަންތައްކުރެވުންކަމަށް އިޢުތިރާފުވެ ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބުދުލް ވައްހާބަށް ރަޙްމަތް ލެއްވުން އެދި ވަރަށް ދުޢާކުރިއެވެ.

ޝައިޚުލް އިސްލާމް އިމާމް މުޙައްމަދު ބިން ޢަބުދުލް ވައްހާބަށް ރަޙްމަތް ލައްވާށިއެވެ. ކުދިންނޭވެއެވެ. ފޮތްފޮތުގެ އެއްގަނޑުން ކިޔަންޏާ ރައްބާނިއްޔަ ޢިލްމުވެރިއަކަސް އޮންނާނީ ނުބައިވެފައެވެ. ދިވެހިންގެ ތެރޭގައި މިފަހަކަށް އައިސް އުޅޭ ކިޔަވައިގެން ތިބި ކުދިން (މާ ވިސްނޭކަމަށް ހެދިގެންނަމަވެސް) ކުރާ ދެރަކަމަކީ އެހެން ދީންތަކުގެ މީހުންނާއި، ދޭތެރެ ޖައްސަން އުޅޭ މީޑިޔާތަކުންނާއި، މީހުންގެ ފޮތްތަކުންނާއި މިގޮތްގޮތުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބުދުލް ވައްހާބުގެ ޚަބަރުތައް ހޯދަނީއެވެ. ނަމަވެސް މިހެން ހޯދާއިރު އެއަށްވުރެ ވަކި ނުބައި އެހެންމީހަކުވެސް ނެތެވެ. މުޅިން އަސްލާ އިދިކޮޅެވެ. އެކަމަކު ދެރަކަމަކީ އެއެއްޗެއް ކިޔައިގެން އެކަން ހިތުގައި ހިންދާލައިގެން އުޅުމެވެ. އިނގޭ މީހެއްގެ ގާތުން އަހާ އޮޅުންފިލުވުމެއްނެތެވެ. އެންމެފަހުން އެމީހުންނަށް ދަސްވެފައި އޮންނަނީ އިސްލާމް ދީނުގެ "ކަޑަ" ކަމެވެ. އެހެން ދީންދީނުގެ މީހުން އަހުރެމެންނާއި ބެހޭގޮތުން ލިޔާ އެއްޗެހި ކިޔަނީ ކީތްވެތޯ އަހައިފިއްޔާ ބުނަނީ ކަމުގެ ދެކޮޅު ފެންނާނީ ދެކޮޅު ކީމައެވެ. ސުބުޙާނަﷲ އެވެ.

ދިވެހި ދަރިންނޭވެއެވެ! އަދި ތިއުޅެނީ ހަމަ މިދީނުގެ މޮޅުކަން ނުވިސްނިގެންނެވެ. މީސްމީހުންގެ ދެކޮޅާއި ކަންކަމުގެ ދެކޮޅު ހޯދަން އެހެން ދީނުގެ މީސްމީހުން ލިޔާ އެއްޗެހި ނުކިޔާށެވެ. އިތުބާރުހުރި ދީނީ ފޮތްފޮތުގައިވެސް އެބެއިބެއިކަލުންގެ ދެފުއް (ސާފަސް ނުސާފަސް) ފެންނަން އޮންނާނެއެވެ. އަދި އެވަރަށް ފޮތް ފޮތް ނުބެލޭތީވެ ނުފެންނަނީތާއެވެ. އެހެންމީހުން ލިޔާނީ އެހެން މަޤުސަދެއްގައިކަން އަހުރެމެން ދަންނަންވާނެއެވެ. ނޫނީ މަޤުސަދެއްގައި ނުލިޔުންކަމުގައިވިޔަސް އެމީހުންނަކު ވަކި އަހުރެމެންގެ ތެރެއިން އަންނަ އަހަރެމެންގެ މީހަކުގެ ބަޔޮގްރަފީއަކަށް މޮޅެއް ނުވާނެއެވެ. ސަބަބަކީ އަހަރެމެންނަކީ އިހަށް އުޅުއްވާ އަވަހާރަވި ނުވަތަ މިހާރުވެސް އުޅުއްވާ، މިއުއްމަތަށް މަޝްހޫރު މީސްމީހުންގެ ބަޔޮގްރަފީ އަބަދުވެސް ލިޔާ ބަޔަކަށްވާތީއެވެ.

މުޅިން ކަމާނުބެހޭ އަމުދުން ތާކުންތާކު ނުޖެހޭ މީސްމީހުންގެ ވާހަކަތަށް ނުކިޔާށެވެ.

Taken from the book:  “The Problems Of The Da’wah and the Du’aat In The Present Era” by ,Sheikh Muhammed Amaana Ibn Al-Jaami page 85

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.