ދިއިސްލާމް އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް "އަހަރެންވެސް ޢަރަބި ކިޔަވާނަން" މިނަމުގައި ޚާއްޞަ ޕްރޮގްރާމެއް

އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް "އަހަރެންވެސް ޢަރަބި ކިޔަވާނަން" މިނަމުގައި ޚާއްޞަ ޕްރޮގްރާމެއް

އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް "އަހަރެންވެސް ޢަރަބި ކިޔަވާނަން" މިނަމުގައި ޚާއްޞަ ޕްރޮގްރާމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" ގެ ނަމުގައި އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ މާލޭގައި ހުންނަ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 18 އަހަރުން މަތީގެ 30 ބައިވެރިންނަށެވެ. ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ޖުލައި 2025 ވާ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އޮންލައިން ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވާންޖެހޭނެއެވެ.

މި ޕްރޮގްރާމަކީ ޢަރަބި ބަހުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.