ސުވާލާއި ޖަވާބު ކްރެޑިޓް ކާޑު ގެންގުޅުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟

ކްރެޑިޓް ކާޑު ގެންގުޅުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟

ކްރެޑިޓް ކާޑު ގެންގުޅުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:
ކްރެޑިޓް ކާޑު ގެންގުޅުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ކްރެޑިޓް ކާޑުގެ ޕޭމަންޓް ބަރާބަރަށް ދައްކަން ޖެހޭ ދުވަހަށް ދެއްކޭނަމަ މައްސަލަ އެއް ނެތް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް، ފައިސާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކޭނެ ހެން ހީވާނަމަ ކްރެޑިޓް ކާޑު ނަގައިގެން ނުވާނެއެވެ.

އަނެއްބައި ޢިލްމުވެރިންގެ ނަޡަރުގައި ކްރެޑިޓް ކާޑަކީ އެއްގޮތަކަށްވެސް ހުއްދަ އެއްޗެއް ނޫނެވެ. ސަބަބަކީ ކާޑު ހައްދަން ހުށަހަޅާ ފޯމުގައި ރިބަވީ އެގްރިމެންޓެއްގައި ސޮއިކުރެވޭތީވެއެވެ. އޭގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ އިންޓަރެސްޓް އަރާނެއެވެ.

މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ ފުރަތަމަ ބުނެވުނު ގޮތެވެ. އެއީ، ފައިސާ ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ދެއްކޭނެ ކަމުގެ ޔަގީންކަން ތިމާގެ ކިބައިގައި ހުރިނަމަ ކްރެޑިޓް ކާޑު ނެގުމަކީ މައްސަލަ އެއް ނޫނެވެ. އެޕްލިކޭޝަން ފޯމުގައި އޮޓޯ ޑެބިޓް ހެދުމުން މިކަން މަނާ ކުރާ މީހުންގެ ޝުބްހާ އިން ސަލާމަތް ވެވުނީއެވެ. އެގޮތަކީ، މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ އެމީހެއްގެ ބެންކް އެކައުންޓިން އެއަށްވާ ފައިސާ އޮޓޮމެޓިކް އިން ކެނޑޭ ގޮތަށް ހެދުމެވެ. އޭރުން ރިބަވީ އެގްރިމެންޓް އިން ސަލާމަތްވެވުނީއެވެ. والله أعلم

 

ޓެގް

ފަތުވާ ޖަވާބު ސުވާލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.