ތިރީގައި އެވަނީ އެންމެ މީހަކަށް ތައްޔާރުކުރަން ބޭނުންވާ މިންވަރަށެވެ.
ބޭނުންވާނެ ތަކެތި:
1 ޖޯޑު (ފްރެޝް މިލްކް)
1 ބޮޑު ދޮންކެޔޮ (ފިނިކޮށްފައި) ބޮޑެތިކޮށް ކޮށާފަ
3 ބޮޑު ސްޓޯބެރީ (ފިނިކޮށްފައި) ބޮޑެތިކޮށް ކޮށާފަ
1 މޭޒުމަތީ ސަމުސަލުގެ ވެނީލާ/ސްޓޯބެރީ ޔޯގަޓް
1 ސައިސަމުސަލުގެ މާމުއި
ތައްޔާރުކުރާނެ ގޮތް:
މަތީގައިވާ ހުރިހާ އެއްޗިއްސެއް ބްލެންޑަރ އަށް އަޅުއްވާ ރަނގަޅަށް ބްލެންޑް ކުރައްވާށެވެ. ރަނގަޅަށް އޮލަވެ (ސްމޫތް) ވުމުން ތައްޓަށް އަޅާށެވެ. ވެނީލާ އައިސްކްރީމް ކޮޅެއް މައްޗަށް އަޅާލުމުން ވަރަށް މީރުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...