ރާއްޖޭގެ ޚަބަރު ހަ މިލިއަން ރުފިޔާއާއެކު ހެލްޕު ގާޒާ ޓެެލެތޯން ފަށައިފި

ހަ މިލިއަން ރުފިޔާއާއެކު ހެލްޕު ގާޒާ ޓެެލެތޯން ފަށައިފި

ހަ މިލިއަން ރުފިޔާއާއެކު ހެލްޕު ގާޒާ ޓެެލެތޯން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މީޑިއާ އިސްނަގައިގެން ފަލަސްތީނުގެ ޣައްޒާއަށް އެހީތެރިވުމަށް ހެލްޕު ގާޒާ ޓެލެތޯން ފަށައިފި އެވެ.
މިއަދު މެންދުރުފަހު 2:30 ގައި ޓީވީއެމް ސްޓޫޑިއޯ ވަންގައި ޓެލެތޯން ފެށީ ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ 6.3 މިލިއަން ރުފިޔާއާގެ އެހީއާއެކު އެވެ.

ހެލްޕު ޣައްޒާ ފަންޑަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ މޭޒެއް ޓީވީއެއްގައި ވަނީ ބަހައްޓާފަ އެވެ. ވަގުތުން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ވަގުތުން ކާޑުން ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހެލްޕު ޣައްޒާ ފަންޑަށް ޗެކުން ވެސް ފައިސާ ޖަމާކުރެވޭނެ ގޮތް ވެސް ބީއެމްއެލުން ޓީވީއެމްގައި ބަހައްޓާފައިވާ މޭޒުގައި ވަނީ ހަމަޖައްސާފަ އެވެ.

ޓީވީއެމް ސްޓޫޑިއޯ ވަންގައި ޓެލެތޯން ފެށުމުގެ ގޮތުން ހަ ކުޑަކުއްޖަކު ވަނީ ޓެލެތޯންއަށް ފައިސާ ހަދިޔާކޮށްފަ އެވެ.
ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއެކު ޓެލެތޯން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.