ރާއްޖޭގެ ޚަބަރު މާލޭގެ ގެއެއްގައި ރޭ ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި ރޭ ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި ރޭ ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ގެއެއްގައި ރޭ ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ރޭ ޖަންބުމާ ގޯޅިގައި ހުންނަ މއ. ގަނދަކޯޅިމާގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިންނެވެ.

ރޭ 20:56 ހާއިރު ހިނގި މިހާދިސާގައި ރޯވެފައިވަނީ ގަނދަކޯޅިމާގޭގެ 2 ވަނަ ފަންގިފިލާގައެވެ.
އެގޭގެ 2 ވަނަ ފަންގި ފިލާގައި ރޯވެ، ދުންގަނޑު ބޯވެފައިވުމުގެ ސަބަބުން އެގޭގައި ތާށި ވެފައިތިބި 5 މީހަކު ވަނީ ސިފައިންގެ އަލިފާން ނިވާމީހުންގެ އެހީތެރިކަމާއިއެކު 5 ވަނަ ފަންގިފިލާއަށް ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި 2 ކުޑަކުދިންނާއި ބޮޑު ތިން މީހަކު ހިމެނެއެވެ.

މިހާދިސާގައި ރޯވި އަލިފާންގަނޑު ރޭ 21:15 ހާއިރު، ކޮންޓްރޯލް ކުރުމަށްފަހު އެއިމާރާތުން ދުން ބޭރުކުރުމުގެ މަސައްކަތް ފަޔަރމަނުން ވަނީ ކޮށްފައެވެ. އަދި އެއަށްފަހު ތާށި ވެފައި ތިބި މީހުން ސަލާމަތްތެރިކަމާއެކު އެއިމާރާތުން ބޭރަށް ނެރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ. މިހާދިސާގައި ރޯވެފައިވަނީ އެފަންގިފިލާގައި ހުރި ކޮޓަރި ތަކުގެ ތެރެއިން ކޮޓަރިއެއްގައި ހުރި ބެޑްރޫމް ސެޓުގައެވެ. އަދި މިކޮޓަރީގައި ހުރި ބައެއްތަކެއްޗަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.

މއ.ގަނދަކޯޅިމާގޭގެ ދެވަނަ ފަންގިފިލާގައި މިހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ތަހުޤީގު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.