ރާއްޖޭގެ ޚަބަރު ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް އަންނަ މަރުގެ އިންޒާރުތައް ހުއްޓުވަންޖެހޭ

ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް އަންނަ މަރުގެ އިންޒާރުތައް ހުއްޓުވަންޖެހޭ

ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް އަންނަ މަރުގެ އިންޒާރުތައް ހުއްޓުވަންޖެހޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް ފަހަކަށް އައިސް ދެމުން ގެންދާ މަރުގެ އިންޒާރުތަކުގެ ފުލުހުން ބަލަމުން ގެންދާއިރު މި އިންޒާރު ތަކަކީ ކޮން ބަޔަކު ކޮން މަޤްޞަދެއް ޙާޞިލު ކުރުމަށް ދޭ އިންޒާރު ތަކެއްތޯ މިވަނީ ބަލަން ޖެހިފައެވެ. އަދި މިފަދަ އިންޒާރުތައް ކެނޑިނޭޅި ދެމުން ގެންދެވޭ ސަބަބުވެސް މިހާރު މި ވަނީ އޮޅުން ފިލުވާން ޖެހިފައެވެ.

ގިނަ ޢަދަދެއްގެ ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންނަށް ދެމުން އަންނަ މަރުގެ އިންޒާރަކީ ބަޔަކު އެއްވެސް ނިޔަތެއް ނެތި މަޖަލަކަށް ކުރާ ކަމަކަށް ވެސް ވެދާނެއެވެ. އިންޓަރނެޓް މެދުވެރިކޮށް ފަސޭހަ ކަމާއި އެކު ކާކުކަން ނޭނގޭ ގޮތަށް ނުވަތަ ބޭނުން ނަންބަރެއް ޖަހައިގެން ބޭނުން މީހަކަށް މެސެޖްކޮށް ހެދުމަކީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ފަސޭހަ ކަމަކަށް ވެފައިވާތީ ކުދިބަޔަކު މީގެ ނާޖާއީޒު ފައިދާ ނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި ކަމަކީ ޓެކްނޮލޮޖީގެ މިފަދަ ޒަމާނެއްގައި ފުލުހުންގެ އައިޓީންގެ އުރައްޕެއް ހުރި މިންވަރެއް ދެނެގަތުމަށް ބަޔަކު ކުރާ ކަމަކަށް ވުންވެސް އެކަށީގެން ވެއެވެ. އެހެނީ ސައިބަރ ކްރައިމްގެ މައްސަލަތައް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އިތުރުވަމުން އަންނަ އިރު ދިވެހިންނާއި ދިމާއަށް އަތުވެދާނެ ސައިބަރ ޙަމަލާ އަކަށް ދިވެހި ފުލުހުން ތައްޔާރު ވެފައިވާ މިންވަރެއް ދެނެގަތުމަށް ބަޔަކު މަސައްކަތް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކޮންމެ އަކަސް މިފަދަ ދަށު ދަރަޖައިގެ އިންޒާރު ދިނުމަކީ ބޮޑެތި ފިނޑިން ކުރާ ޒާތުގެ ކަމަކަށް ވީނަމަވެސް މި ކަމަކީ ސީރިއަސް ކަމާއި އެކު ބަލައި ފިޔަވަލު ޢަޅަން ޖެހޭނެ ކަމެކެވެ. އެހެނީ މީގެ މަޤްޞަދަކީ ހަޤީޤަތުގައިވެސް ބައެއްގެ ފުރާނަ ނުރައްކަލަކަށް ލުން ކަމުގައި ވުމީ ވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ މުޑުދާރު ޢަމަލުތައް ހިންގާފައިޥާ އެތައް ބަޔަކު މި މުޖުތަމަޢުގައި އުޅެމުން ގެންދާއިރު އެފަދަ މީހުންނަށް އަދަބެއް ދެވިފައި ނުވުމަކީ ވެސް މިފަދަ އަމަލުތައް ހިންގުމަށް މީހުން ޖެހިލުން ނުވުމުގެ ސަބަބަކަށް ވެދާނެއެވެ.

މިފަދަ ޢަމަލު ތަކަކީ ދިވެހި ފުލުހުންގެ ޤާޞިލު ކަން މިހާރު ހުރި މިންވަރުން ބެލޭނެ އަދި ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަންތައް ތަކެވެ. މިކަން ކުރާ ބަޔަކު ޕްރޮކްސީ އޮޅުވާލި ނަމަވެސް އެއީވެސް ވަކި ހިސާބަކުން ފުލުހުންގެ އަތް ފޯރާނެ ހިސާބު ތަކެވެ. ޕްރޮކްސީ އޮޅުވާލުމުގެ ކުރިން އެމީހުން ބޭނުން ކުރި އައިޕީ އާއި އެހެނިހެން ފޮރެންސިކް ހެކިތައް އެއްކޮށް، ޝައްކު ކުރެވޭ ނުވަތަ ތުހުމަތު ކުރެވޭ އައިޕީ ތަކަށް އަމާޒު ކޮށް މަލްވެއާއެއް ފޮނުވާލައިގެން ވެސް އެފަދަ ޕީސީ ތަކުން ކުރާ މުޢާމަލާތްތައް ދެނެގަތުމުގެ ޤާބިލުކަން ދިވެހި ފުލުހުންގައި ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮންމެ އަކަސް މި ނުރައްކާތެރި މެސެޖުތައް ފޯނު ތަކަށް އަންނަމުން މިދާ ދުވަސްވަރަކީ ދެ ގުރޫޕެއްގެ މެދުގައި އުފެދުނު ހައިޖާނެއްގެ ބިރުވެރި ކަމުގައި ރައްޔިތުން އުޅޭން ޖެހިފައިވާ ދުވަސްވަރަކަށް ވާތީ މިފަދަ ދުވަސްވަރަކާއި ދިމާކޮށް މީހުން އިތުރަށް ބިރުގެންނެވުމަށް ބަޔަކު ކުރަމުން ގެންދާ މި ފިނޑި ޢަމަލަކީ އެއްވެސް މީހަކު ބަލައިގަންނާނެ ޢަމަލެއް ނޫނެވެ. މިފަދަ މުޑުދާރު ޢަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރެވި މިފަދަ އެހެން ކުއްވެރިންނަށް ފިލާވަޅަކަށްވާނެ ފަދަ އަދަބެއް ދެވިގެން ނޫނީ މިކަންކަން ނުހުއްޓުވޭނެކަން ކަށަވަރު ވެއެވެ. އެހެން ކަމުން ފުލުހުންގެ ޤާބިލުކަން ދައްކާލައި، ޤާނޫނުގެ ކުރިމަތީގައި އޮތް ފުލުހުންގެ ދިގު އަތުގެ ބާރު ދައްކާލަން ޖެހޭ ވަގުތު މިވަނީ އައިސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.