ފާއިތުވީ ތިން މަސްދުވަހު އެސްޓީއޯއިން ދެ ބިލިއަން ރުފިޔާގެ ފައިދާ ހޯދައިފިއެވެ.
އެސްޓީއޯއިން ޢާއްމު ކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފާއިތުވީ ތިން މަސްދުވަހު އެކުންފުނިން ދެ ބިލިއަން ރުފިޔާގެ ފައިދާ ހޯދި އިރު، ހިންގުމުގެ ހަރަދުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުންޏަށް ދެ ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 180 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯއަށް މިދިޔަ ތިން މަހު ލިބުނު ބޮޑު ފައިދާއާއި އެކު މިއަހަރުގެ މިހާތަނަށް ހިއްސާއަކަށް 140 ރުފިޔާގެ ފައިދާއެއް ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...