ޣައްޒާއަށް އެހީވުމަށް ދިވެހި މީޑީއާތައް ގުޅިގެން ޓެލެތޯނެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ބްރޯޑްކާސްޓަރުންގެ ލޮބީގުރޫޕުން ބުނެފައި ވަނީ ރާއްޖާގެ މީޑިއާތައް ގުޅިގެން "ހެލްޕްގާޒާ"ގެ ނަމުގައި ހާއްސަ ޓެލެތޯން އެއް ބާއްވަން ނިންމާފައި ވާކަމަށާއި، އަންނަ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00އަށް މި ޓެލެތޯން ކުރިޔަށް ގެންދާނެ ކަމަށެވެ.
"ހެލްޕްގާޒާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ، HelpGazaMv# އެވެ.
މި ޓެލެތޯނުގައި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާން ނިންމާފައި ވަނީ "މަވެސް އެހީވާނަން" މި ޝިޢާރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...