ރާއްޖޭގެ ޚަބަރު ރައީސް ޔާމީނާއި މަޝްވަރާ ކޮށްލެއްވުމަށް ރައީސް މައުމޫން ރައީސް އޮފީހަށް ވަޑައިގެންފި

ރައީސް ޔާމީނާއި މަޝްވަރާ ކޮށްލެއްވުމަށް ރައީސް މައުމޫން ރައީސް އޮފީހަށް ވަޑައިގެންފި

ރައީސް ޔާމީނާއި މަޝްވަރާ ކޮށްލެއްވުމަށް ރައީސް މައުމޫން ރައީސް އޮފީހަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީޕީއެމްގެ ރައީސް މައުމޫނުގެ އެންގެވުމާއި ދެކޮޅަށް އެޕާޓީގެ މެންބަރުން ވޯޓުދީފައި ވަނިކޮށް ރައީސް ޔާމީނާއި ރައީސް މައުމޫން މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަޢިސް ޔާމީނާއި ބައްދަލު ކުރެއްވީ ޕާޓީގެ ކަންކަމުގައި މަޝްވަރާ ކޮށްލެއްވުމަށް ކަމަށާއި ދުވަހެއް ދުވަހަކަށް ޕީޕީއެމް ދާނީ އިތުރަށް ވަރުގަދަ ވަމުން ކަމަށެވެ.

ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓް.

މަޢުލޫމާތު ލިބިފައިވާ ގޮތުން ރައީސް މައުމޫން ރައީސް ޔާމީނާއި ބައްދަލު ކުރެއްވީ ރައީސް ޔާމީން ރައީސް އޮފީހުގައި އުޅުއްވަނިކޮށް އެ އޮފީހަށް ވަޑައިގެންނެވެ.

ޕާޓީގެ ކަންކަމުގައި ރައީސް މައުމޫން ރައީސް ޔާމީނާއި މަޝްވަރާ ކުރައްވާފައި މިވަނީ ރައީސް މައުމޫނުގެ އެންގެވުމާއި ދެކޮޅަށް އެޕާޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވޯޓުދެއްވާފައިވާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.